ތައިލެންޑުގެ ޖަލެއްގައި ހުރި ދިވެއްސަކު ނިޔާވެއްޖެ
ރާއްޖެ

ތައިލެންޑުގެ ޖަލެއްގައި ހުރި ދިވެއްސަކު ނިޔާވެއްޖެ

އއައިނީ
March 6, 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގައި ބަންދުކޮށްފައި ހުރި ދިވެއްސަކު ޖަލުގައި އޮއްވާ ނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އުމުރުން 22 އަހަރުގެ އިބްރާހިމް ނަބީހް ނަސީމްއެވެ.

ފުލުހުން ބުނީ، އިބްރާހީމް ނަބީހު ނަސީމް ތައިލެންޑުން ހައްޔަރުކޮށްފައިވަނީ 2026 ފެބުރުވަރީ 22 ވަނަ ދުވަހު، އެ ގައުމުގެ ޑޮން މުއެންގް އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާކަމަށެވެ.

ނަމަވެސް އޭނާ މަރުވި ސަބަބާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު