
ރާއްޖެ
ރ. އަލިފުށީ ގެއެއްގައި ރޯވެ އަނދަނީ
އއައިނީ
April 3, 2026
ރ. އަލިފުށީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ރ. އަލިފުށީ އައިރިސްގޭގައެވެ. އަދި އަލިފާން ނިއްވުމަށް ޅ. ނައިފަރު ފަޔަ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެ ހާދިސާގެ އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ގޭގައި އަލިފާންވަނީ ވަރަށް ބޮޑަށް ހިފާފައެވެ.
އަދި އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައެއްނުވެއެވެ.

