ހިޔާ ޓަވަރުގެ އަލިފާނުގެ ހާދިސާ އާ ގުޅިގެން 140 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި
ރާއްޖެ

ހިޔާ ޓަވަރުގެ އަލިފާނުގެ ހާދިސާ އާ ގުޅިގެން 140 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ރރާޅު މީޑިއާ
February 1, 2026

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ ފަސް ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 140 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ހުޅުމާލޭ ހިޔާ ފަސްވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެފައިވާ ކަމަށާއި. އެގޮތުން މިހާތަނަށް އެހީތެރިކަން ބޭނުންވެގެން ރިޕޯޓުކޮށްފައިވާ 30 އެޕާޓްމަންޓްގައި ދިރިއުޅޭ 140 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމަށާއި ކެއުން ބުއިމަށް އެހީ ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިންބުންޏެވެ.

މި ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗްޑީސީ އާއި އެންޑީއެމްއޭ އިން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު