އެމްޑީޕީއަށް މަރުހަބާ ވިދާޅުވެ ޔާމީން އެދިވަޑައިގަތީ ސަރުކާރު ޖަވާބުދާރީކޮށްދިނުމަށް
ދުނިޔެ

އެމްޑީޕީއަށް މަރުހަބާ ވިދާޅުވެ ޔާމީން އެދިވަޑައިގަތީ ސަރުކާރު ޖަވާބުދާރީކޮށްދިނުމަށް

ރރާޅު މީޑިއާ
April 7, 2026

ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، މި ސަރުކާރު ޖަވާބުދާރީ ކޮށްދިނުމަށް އެ ޕާޓީގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހޯދި ކާމިޔާބީއާއެކު އެ ޕާޓީގެ ޒިންމާ އިތުރަށް ބޮޑުވެގެން ގޮސްފައިވާ ކަމަށާއި އެމްޑީޕީން މި ސަރުކާރުން ކުރާ ގޯސް ކަންތައްތަކަށް ޖަވާބުދާރީ ކުރުވާތަން ބަލަން ރައްޔިތުން ތިބި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެމްޑީޕީއަށް މަރުހަބާ ކިޔަން"

އަދި އެބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ މިއަދު ތިތިބީ ހަމަ ޒިންމާދާރު ޕޮޒިޝަނެއްގައޭ ކޮންމެހެން ސަރުކާރު ހިންގާކަށް ނުޖެހޭ ރައްޔިތުންނަށް ހިދުމަތް ކުރާކަށް. އެހެންވީމަ މި ސަރުކާރުން މި ހިންގާ ގޯސްތައް، ރައްޔިތުން މިތިބީ ބަލާށޭ މި ސަރުކާރު ޖަވާބުދާރީ ކުރުވާތަން،" ޔާމީން ވިދާޅުވި އެވެ. 

ޚިޔާލުފާޅުކުރުން

ކޮމެންޓު