
ދުނިޔެ
އީރާނާއި ޙިޒްބުﷲގެ ޙަމަލާތަކުން ޓެލް އަވީވް އަނދައި، 4 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެ
ރރާޅު މީޑިއާ
April 6, 2026
އިޒްރޭލުގެ ވެރިރަށް ޓެލް އަވީވްއަށް އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ގަދަފަދަ މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކުގެ ސަބަބުން ޓެލް އަވީވްގެ ބޮޑުބައެއް ރޯވެ އަނދަމުންދާއިރު، ފަހުގެ މަޢުލޫމާތުތައް ދައްކާ ގޮތުގައި މިހާތަނަށް ހަތަރު މީހުން މަރުވެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ.
އީރާނާއި ޙިޒްބުﷲ އިން އިޒްރޭލަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި ބޭނުންކޮށްފައިވަނީ ބާރުގަދަ ބެލިސްޓިކް މިސައިލްތަކާއި، ކްރޫޒް މިސައިލްތަކުގެ އިތުރުން ޑްރޯންތަކެވެ. މި ޙަމަލާތައް ހުއްޓުމެއްނެތި އެކި ދިމަދިމާލުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ



