މަސައްކަތްތެރިންގެ ދުވަސް ސަރުކާރު ބަންދު ދުވަހެއްކަމަށް ހަމަޖެއްސީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި
ސިޔާސީ

މަސައްކަތްތެރިންގެ ދުވަސް ސަރުކާރު ބަންދު ދުވަހެއްކަމަށް ހަމަޖެއްސީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި

އއައިނީ
May 1, 2026

މަސައްކަތްތެރިންގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ހަމަޖެއްސީ އިދިކޮޅު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ އެންމެހައި މަސައްކަތްތެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، މޭޑޭ އަކީ 2006 ވަނަ އަހަރުން ފެށިގެން އެމްޑީޕީން އިސްނަގައިގެން ފާހަގަކުރަމުން އަންނަ، މަސައްކަތްތެރިންގެ ޙައްޤުތަކާ ގުޅޭ ތާރީހީ މުހިންމު ހަރަކާތްތަކެއް ހިންގާފައިވާ ވަރަށް މުހިންމު މުނާސަބަތެއް ކަމަށެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގައި މޭޑޭ ބަންދު ދުވަހެއްގެ ގޮތުގައި ފުރަތަމަ ހަމަޖެއްސީވެސް އެމަނިކުފާނުގެ ވެރިކަމުގައެވެ.

އެހެން ނަމަވެސް މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭއާ ގުޅިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިއަދު އެކަށީގެންވާ ހަރަކާތެއް ހިންގާފައި ނުވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރަމުންދާއިރު، މިއީ މަސައްކަތްތެރިންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު