އީރާނާ ބެހޭގޮތުން ހުޅަނގުގެ މީޑިއާއާއި އީރާނު ރައްޔިތުންގެ ބަސް ތަފާތުވެއްޖެ
ދުނިޔެ

އީރާނާ ބެހޭގޮތުން ހުޅަނގުގެ މީޑިއާއާއި އީރާނު ރައްޔިތުންގެ ބަސް ތަފާތުވެއްޖެ

ރރާޅު މީޑިއާ
March 7, 2026

އީރާނުގެ ދާޚިލީ ޙާލަތާއި، އެޤައުމުގެ ރައްޔިތުންގެ އިޙުސާސްތަކާ ބެހޭގޮތުން ހުޅަނގުގެ މީޑިއާތަކުން ދައްކާ ވާހަކަތަކާއި، އީރާނުގެ ރައްޔިތުންގެ ބައެއް ފަރާތްތަކުން ފާޅުކުރާ ޚިޔާލުތަކާ ދެމެދު ވަރަށް ބޮޑު ތަފާތެއް ފެންނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަވެއްޖެއެވެ. ހުޅަނގުގެ ނޫސްތަކުން ބުނަނީ އީރާނުގެ ރައްޔިތުން މިނިވަންކަމަކަށް އެދި، މިހާރުގެ ނިޒާމު ބަދަލުކުރަން ބޭނުންވާ ކަމަށެވެ. އީރާނުގެ އެތައް މިލިޔަން ރައްޔިތުންނެއް ރޭގަ އެކަނިވެސް ނިކުމެ މިބުނަނީ އެއްވެސް ބާރަކަށް ކިޔަމަން ނުވާނެ ކަމަށާއި، ޤައުމުގެ ލީޑަރުގެ ބަދަލު ހިފުމަށް ތިބި ކަމަށެވެ. މި ދެކަފި ވާހަކަ އީރާނުގެ ޙަގީގަތް ދެނެގަތުމަށް ހުރަހެއް ކަމަށް ހުޅަނގުގެ މީޑިޔާތަކުން ބުނަމުން ދިޔަޔަސް އީރާނުގެ ރައްޔިތުންގެ ނިންމުން ވަރަށް ސާފު. އެއީ އެމެރިކާ އަދި އިޒްރޭލްގެ ކިބައިން ހިތި ބަދަލެއް ހިފުމެވެ.

ހުޅަނގުގެ މީޑިއާތަކުން އީރާނާ ބެހޭގޮތުން ހަބަރު ފަތުރާއިރު، ގިނަ ފަހަރު ފާހަގަކުރަނީ އީރާނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިޤުތިޞާދީ ދަތިކަން، އިންސާނީ ހައްޤުތަކުގެ މައްސަލަތައް، އަދި ސަރުކާރާ ދެކޮޅަށް ކުރެވޭ މުޒާހަރާތަކެވެ. "އީރާނުގެ ރައްޔިތުން ބޭނުންވަނީ މިހާރު އޮތް ނިޒާމު ބަދަލުކުރަން! އެމީހުން ތިބީ މިނިވަންކަމަކަށް އިންތިޒާރުކޮށްގެން!" މިފަދަ ބަސްތަކަކީ ހުޅަނގުގެ މީޑިއާތަކުން ގިނަ ފަހަރަށް އިރުޝާދު ދޭ ބަސްތަކެކެވެ. އެމީހުން ދައްކާގޮތުގައި، އީރާނުގެ ޒުވާނުންނާއި، އާއްމު ރައްޔިތުންގެ ބޮޑު ބަޔަކު އެދެނީ ސިޔާސީ މިނިވަންކަމާއި، އިޖުތިމާޢީ އާދަކާދަތަކަށް ބަދަލެއް ގެނައުމަށެވެ. ވަކިން ޚާއްސަކޮށް އަންހެނުންގެ ހައްގުތަކާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދިމާވެފައިވާ ދަތިތަކަކީ މިރިޕޯޓްތަކުގެ މައިގަނޑު މައުޟޫއެކެވެ. މިގޮތުން އެމެރިކާ އަދި ޔޫރަޕުގެ ބައެއް ނޫސް އެޖެންސީތަކުން އީރާނުގެ ދާޚިލީ ކަންކަމާ ބެހޭގޮތުން ރިޕޯޓްކުރަނީ، ޤައުމީ ފެންވަރުގައި ކުރެވޭ މުޒާހަރާތަކާއި، ސަރުކާރާ ދެކޮޅަށް ފާޅުކުރާ ޝުޢޫރުތައް އަސްލަކަށް ބަލައިގެނެއް ނޫންކަން މިވަނީ ހާމަވެ ދޮގު ފަލީހަތްވެފައެވެ.

ނަމަވެސް، އީރާނުގެ ތެރެއިންނާއި، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދައްކަނީ މުޅިން ތަފާތު ވާހަކައެކެވެ. އެމީހުން ބުނާގޮތުގައި، އީރާނުގެ ރައްޔިތުން އެއްވެސް ބޭރު ބާރަކަށް ބޯނުލަނބާނެއެވެ. "އަހަރެމެންގެ ހަށިގަނޑުގައި ހުރި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެންވެސް އަހަރެމެން މިތިބީ ސާބިތުކަމާއެކު. އަދި ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެން ކިޔަމަނެއް ނުވާނަން. އަހަރެމެން މިތިބީ އަހަރެމެންގެ ލީޑަރުގެ ބަދަލު ހިފުމަށް." މިފަދަ ބަސްތަކަކީ ޤައުމީ ދިފާޢީ ރޫޙާއި، އިސްލާމީ އިންޤިލާބުގެ އަސާސްތަކަށް ބޯލެނބުމުގެ ނިޝާނެކެވެ. އެމީހުން ގަބޫލުކުރާގޮތުގައި، ހުޅަނގުގެ މީޑިއާތަކުން އީރާނާ ބެހޭގޮތުން ފަތުރަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެކެވެ. އަދި އެއީ އީރާނުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް، ލީޑަރުން އަވަހާރަކޮށްލުމަށްފަހު، ބަދަލު ހިފުމުގެ ޝުޢޫރު އީރާނުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. ސަރުކާރުން ބާއްވާ ބޮޑެތި ޖަލްސާތަކާއި، ޤައުމީ ދުވަސްތަކުގެ ހަފްލާތަކުން މިފަދަ ޝުޢޫރުތައް ފާޅުކުރާ ގިނަ ބަޔަކު ފެނެއެވެ.

އީރާނުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ޤައުމުގެ ސިޔާދަތާއި، ބޭރުގެ ނުފޫޒުން ރައްކާތެރިވުމުގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެކެވެ. އެމީހުން ބޭނުންވަނީ ޤައުމީ އެއްބައިވަންތަކަން ދައްކާށެވެ. ޚާއްޞަކޮށް، ޢީރާނަށް ބޭރުގެ ފަރާތްތަކުން ދޭ ބޮޑެތި ފިއްތުންތަކުގެ ސަބަބުން، ގިނަ ބަޔަކު ސަރުކާރަށް ތާއީދުކޮށް، ޤައުމީ ދިފާޢުގައި ތެދުވެއެވެ. އީރާނުގެ އާބާދީގެ ތެރޭގައިވެސް ތަފާތު ޚިޔާލުތައް ހުންނަކަން ހަގީގަތެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު