ސަރަހައްދުން އިޒްރޭލާއި އެމެރިކާ ފޮހެލާނަން: އީރާން.  އެދުނީ  އެންމެހާ މުސްލިމުން  އަޚުންނާއި އުޚުތުން ދުއާކޮށްދެއްވުން
ދުނިޔެ

ސަރަހައްދުން އިޒްރޭލާއި އެމެރިކާ ފޮހެލާނަން: އީރާން. އެދުނީ އެންމެހާ މުސްލިމުން އަޚުންނާއި އުޚުތުން ދުއާކޮށްދެއްވުން

ރރާޅު މީޑިއާ
April 7, 2026

އީރާނުގެ އިންގިލާބީ ގާޑް (އައިއާރުޖީސީ) އިން ދުނިޔޭގެ މުސްލިމުންނަށް ގޮވާލައި، ކުރިއަށް އޮތީ ދަތި ވަގުތުކޮޅެއް ކަމަށާއި، މި ހަނގުރާމައިގައި އީރާނުން ކާމިޔާބު ހޯދައި، ސަރަހައްދުން އިޒްރޭލާއި އެމެރިކާ ނައްތާލާނެކަމަށް ބުނެފިއެވެ. މި ދަތި ދުވަސްތަކުގައި މުޅި ދުނިޔޭގެ މުސްލިމް އަޚުންގެ ދުޢާއަށް އެދިފައިވާކަމަށް އައިއާރުޖީސީން ބުނެފައިވެއެވެ. މި ގޮވާލުން އައިސްފައިމިވަނީ މެދުއިރުމަތީގައި ސިޔާސީ ހަލަބޮލިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އައިއާރުޖީސީން ބުނެފައިވާ ގޮތުގައި، މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ވަރަށް ނާޒުކު ހާލަތެކެވެ. އިސްލާމީ އުއްމަތަށް އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، އީރާނުގެ ލަސްކަރަކީ އިސްލާމް ދީނާއި މުސްލިމުންގެ ހައްގުތައް ދިފާޢު ކުރުމަށްޓަކައި ހަނގުރާމަ ކުރަމުންދާ ބަޔެކެވެ. އެމީހުން ދަނީ ﷲ ސުބުހާނަހޫ ވަތަޢާލާގެ އިރާދަފުޅުން، މި ހަނގުރާމައިގައި ފުރިހަމަ ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އައިއާރުޖީސީގެ ލަޝްކަރުގެ މައިގަނޑު އެއް އަމާޒަކީ، ސަރަހައްދުގައި ގަދަވެގެންފައިވާ އިޒްރޭލާއި އެމެރިކާގެ ނުފޫޒު ނައްތާލައި، ފަލަސްތީނު ފަދަ މުސްލިމް ގައުމުތަކަށް މިނިވަންކަން ހޯދައިދިނުމެވެ. އެމީހުން ބުނެފައިވާ ގޮތުގައި، އިސްލާމީ އުއްމަތުގެ ދުޢާގެ ބަރަކާތުން، މި މަޤުސަދު ހާސިލްވާނެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު