
އީރާނާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި އެމެރިކާގެ ސިފައިން ފޮނުވުމަށް ޓްރަމްޕް ތައްޔާރުވަމުންދާކަމުގެ ފުރަތަމަ ނިޝާންތައް ފެންނަން ފަށައިފި ކަމަށް "ވޮޝިންޓަން ޕޯސްޓް" އިން ރިޕޯޓްކޮށްފި.
އީރާނާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި އެމެރިކާގެ ސިފައިން ފޮނުވުމަށް ޓްރަމްޕް ތައްޔާރުވަމުންދާކަމުގެ ފުރަތަމަ ނިޝާންތައް ފެންނަން ފަށައިފި ކަމަށް "ވޮޝިންޓަން ޕޯސްޓް" އިން ރިޕޯޓްކޮށްފި.
ނޯތު ކެރޮލައިނާގެ ފޯޓް ބްރެގްގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ 82 ވަނަ އެއަރބޯން ޑިވިޜަންގެ ހެޑްކުއާޓާޒް އެލެމެންޓުން ކުރިއަށް ގެންދަން އޮތް ބޮޑު ތަމްރީނު ޕްރޮގްރާމެއް އެމެރިކާގެ އަސްކަރިއްޔާއިން ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައި.
ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދީފައިވާ މަސްދަރުތަކުން ބުނާގޮތުގައި، މި ނިންމުމާއެކު އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ ތެރޭގައި މިހާރު ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފައި.
އެއީ ބިމުގެ ހަނގުރާމަތަކަށް ހާއްސަ ސިފައިންނާއި އެނޫންވެސް ތަފާތު މިޝަންތަކަށް ތަމްރީނުވެފައިވާ ފައުޖުތައް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވުމަށްޓަކައި މެދުއިރުމައްޗަށް ފޮނުވަން އުޅޭކަމުގެ ލަފާކުރުންތައް އިތުރުވުމެވެ.



