އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާއެއް ދިނުމަށް ތައްޔާރުވަނީ: ޓްރަމްޕްގެ އިންޒާރު 'މިއީ އީރާނުގެ ނިމުން'
ދުނިޔެ

އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާއެއް ދިނުމަށް ތައްޔާރުވަނީ: ޓްރަމްޕްގެ އިންޒާރު 'މިއީ އީރާނުގެ ނިމުން'

ރރާޅު މީޑިއާ
April 2, 2026

އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމައިގެ ބިރު ހީނުވާ މިންވަރަށް ބޮޑުވަނީ

މެދުއިރުމަތީގައި އެމެރިކާއާއި އީރާނާ ދެމެދު ހޫނުކަން އިތުރުވެ، ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވުމުގެ ބިރު ދުވަހަކު ދުވަހަކަށް ބޮޑުވަމުންދާކަން މުޅި ދުނިޔެއަށް އެނގި ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާކަން ހާމަވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ "މިއީ އީރާނުގެ ނިމުން" ކަމަށް ވިދާޅުވެ، ބޮޑު އިންޒާރެއް ދެއްވާފައެވެ. މި ހާލަތަކީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ސީރިއަސް ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިދިޔަ ދުވަސްތަކުގައި އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ. އީރާނުގެ ތެލުގެ އުފެއްދުންތަކަށް ދަތިކޮށް، ސިފައިންނަށް އިތުރު ފިޔަވަޅުތައް އަޅާފައިވާއިރު، އީރާނުން ވެސް ވަނީ އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާތައް ދީފައެވެ. މި ހަމަލާތަކަކީ އެމެރިކާ އިސްވެ އީރާނާ ދެކޮޅަށް ފަށައިގަތް ހަނގުރާމައިގައި ދިފާއުގައި ނުވަތަ ރައްދު ދިނުމުގެ ގޮތުން ދެމުންދާ ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ. ނަމަވެސް އެމެރިކާއިން މި ހަމަލާތަކަށް ރައްދު ދިނުމުގެ ނަމުގައި، އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާކަން އެމެރިކާގެ ދިފާއީ ވުޒާރާއިން ދަނީ އިޝާރާތް ކުރަމުންނެވެ.

އެމެރިކާއިން މި ސަރަހައްދަށް އިތުރު ސިފައިންނާއި، ހަނގުރާމަވެރި މަތިންދާބޯޓުތަކާއި، އަދި ހަނގުރާމައިގެ އުޅަނދުތައް ފޮނުވަމުންދާކަމީ މި ކަމުގެ ސީރިއަސްކަން އިތުރުކުރާ ކަމެކެވެ. މިހާރު ވެސް އީރާނުގެ ގާތުގައި އެމެރިކާގެ ވަރުގަދަ އަސްކަރީ ބާރުތައް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ތައްޔާރީތަކަކީ އީރާނުން ދެމުންދާ ހަމަލާތަކަށް ދޭ ރައްދެއްގެ ގޮތުގައި އެމެރިކާއިން ދެކެމުންދާ ހަމަލާތަކެއް ކަމަށް ބެލެވެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް އިންޒާރު ދެއްވައި، އެމެރިކާގެ މަސްލަހަތުތަކަށް އީރާނުން ހަމަލާދީފައިވާތީ އެއީ އީރާނުގެ ނިމުން ކަމުގައި ވާނެ ކަމަށް ވިދާޅުވެފައެވެ. މިފަދަ ބަސްފުޅުތަކަކީ ހަނގުރާމަ އެހެން މަރުހަލާއަކަށް މަގުފަހިކުރާ އަދި ހާލަތު އިތުރަށް ގޯސްކުރުވާނެ ބަސްފުޅުތަކެއް ކަމަށް ގިނަ ބައިނަލްއަޤްވާމީ ސިޔާސީ ވެރިން ދެކެއެވެ. ޓްރަމްޕްގެ މި ބަސްފުޅުތަކުން އެނގިގެންދަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ވަރަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭ ކަމެވެ. އަދި އީރާނުން ކުރާ ކޮންމެ ކަމަކަށް ވެސް ވަރުގަދަ ރައްދެއް ދިނުމަށް އެމެރިކާ ތައްޔާރަށް ހުރިކަމެވެ.

މި ހަނގުތާމަ ދިގުދެމިގެން ދާނަމަ ތެލުގެ އަގުތައް އިތުރަށް އުފުލި، އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ. މީގެ އިތުރުން ސަރަހައްދީ ގައުމުތަކުގެ ސަލާމަތަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ. މިކަމުގެ ސަބަބުން މިހާރު ވެސް ހަމަޖެހުމެއް ނެތް ސަރަހައްދު އިތުރަށް ގޯސްވެ، އެތައް ބަޔެއްގެ ފުރާނަ ގޮސްދާނެކަމުގެ ބިރު އެބަ އޮތެވެ.

އެމެރިކާއާއި އީރާނާ ދެމެދު މިހާރު އުފެދިފައިވާ ހޫނުކަމަކީ ހަމައެކަނި ދެ ގައުމަށް އެކަނި ކުރިމަތިވެފައިވާ ކަމެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ ސަލާމަތާއި އިޤްތިޞާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރިމަތިކުރުވާފަދަ ނާޒުކު ހާލަތެކެވެ. ޓްރަމްޕްގެ އިންޒާރުތަކާއި އެމެރިކާއިން ހަނގުރާމައަށް ތައްޔާރުވަމުންދާކަމުގެ ހެކިތަކަކީ ކަންބޮޑުވާ ކަންކަމެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު