
ޑިއެގޯ ގާސިއާގެ މިސައިލް ހަމަލާތަކުގެ ފަހަތުގައި އީރާނުގެ ނަން ގުޅުވައި، އެމެރިކާއިން ހަގީގަތް ވަންހަނާކުރާ ކަމަށް ނުރަސްމީ މަސްދަރުތަކުން ބުނޭ
ބައިނަލްއަޤްވާމީ ގުޅުންތަކާއި ސިޔާސީ މައިދާނަށް ބޮޑު އަސަރެއް ފޯރައިފާނެ ކަމަށް ބެލެވޭ ސީރިއަސް ތުހުމަތުތަކެއް، ނުރަސްމީ މަސްދަރުތަކުން ފެންމަތިވެއްޖެއެވެ. މި ތުހުމަތުތަކުގައި ބުނެފައިވަނީ، އީރާނުގެ ބޮލުގައި ތުހުމަތު އެޅުވުމުގެ ގޮތުން، އިންޑިއާ ކަނޑުގައިވާ ބްރިޓިޝް ޓެރިޓަރީއެއް ކަމަށްވާ ޑިއެގޯ ގާސިއާއަށް މިސައިލްތަކެއް ފޮނުވާލާފައިވަނީ ޔަހޫދީން ކަމަށެވެ. އަދި މިކަން އެމެރިކާއަށްވެސް އެނގޭ ކަމަށް މި މަސްދަރުތަކުން ބުނާއިރު، އެމެރިކާއިން މި މައުލޫމާތު ސިއްރުކޮށް، އީރާނާ ދެކޮޅަށް ދޮގު ޕްރޮޕެގެންޑާއެއް ފަތުރަން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތައް ވެސް ދަނީ ފެންމަތިވަމުންނެވެ. މިފަދަ ތުހުމަތުތަކަކީ ދުނިޔޭގެ ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފާނެ ކަމަށް ބެލެވެއެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޑިއެގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއް ދީފައިވަނީ އީރާނުގެ ބޮލުގައި އެ ތުހުމަތު އެޅުވުމުގެ ނިޔަތުގައި މި މިސައިލްތައް ފޮނުވާލާފައިވަނީ ޔަހޫދީ ފަރާތްތަކުންނެވެ. މިކަމުގެ ހަގީގަތް ހޯދުމަށްޓަކައި، އެކި އަސްކަރީ ފަރާތްތަކުން ތަފާތު ތަހުގީގުތަކެއް ހިންގާފައިވާ ކަމަށް ވެއެވެ. އަދި މި ތަހުގީގުތަކުން މި މައުލޫމާތުތައް ކަށަވަރުވެފައިވާ ކަމަށާއި، އެމެރިކާއަށް ވެސް މިކަން އެނގިފައިވާ ކަމަށް ބުނެފައިވެއެވެ. މިފަދަ ބޮޑެތި ތުހުމަތުތަކަކީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރޭގައި ސުވާލު އުފައްދާނެ ކަމެކެވެ.
މި ތުހުމަތުތަކުގެ އެންމެ ސީރިއަސް އެއް ބަޔަކީ އެމެރިކާގެ ދައުރު ކަމަށް މި މަސްދަރުތަކުން ބުނެއެވެ. ލިބިފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، އެމެރިކާއިން މިކަމުގެ ހަގީގަތް ހާމަކުރުމަށް ބޭނުން ނުވެ، އެވާހަކަތައް އޮއްބާލުމަށް މަސައްކަތް ކުރަމުންދެއެވެ. އަދި މީގެ ބަދަލުގައި، އެމެރިކާއިން ދަނީ އީރާނުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އެޅުވުމަށް ޕްރޮޕެގެންޑާއެއް ފަތުރަމުންނެވެ. މި ޕްރޮޕެގެންޑާގައި ބުނެފައިވަނީ އީރާނުގެ އަތުގައި ޔޫރަޕަށް ފޯރާވަރުގެ މިސައިލްތައް ހުރި ކަމަށެވެ. މިފަދަ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އީރާނާ ދެކޮޅަށް ބައިނަލްއަޤްވާމީ ގުޅުންތައް ގޯސްކުރުމަށް ހިންގާ ހަރަކާތެއް ކަމަށް މި ނުރަސްމީ މަސްދަރުތަކުން ބުނެއެވެ. މިކަމުން އެމެރިކާގެ ބޭނުމަކީ ހަނގުރާމައިގެ މައިދާނުގައި އީރާނުގެ ދައުރާމެދު އޮޅުވާލުން ކަމަށް ވެސް ބެލެވެއެވެ.
މި ތުހުމަތުތަކަށް އިތުރު ބާރެއް ލިބެނީ ބައެއް އަސްކަރީ މުހައްލިލުންގެ ފަރާތުންނެވެ. މި މުހައްލިލުން ބުނެފައިވަނީ، ނުރަސްމީ މަސްދަރުތަކުން ލިބިފައިވާ މި މައުލޫމާތުތަކަކީ ވަރަށް ޔަގީންކަމާއެކު ތެދުކަމަށް ބެލެވޭ މައުލޫމާތުތަކެއް ކަމަށެވެ. އެބޭފުޅުންގެ ތަހުލީލުތަކާއި ހޯދުންތަކަށް ބަލާއިރު، މިފަދަ ހަމަލާތަކެއް ދިނުމުގެ ބާރާއި ނިޔަތް ހުރި ފަރާތްތަކުގެ މައްޗަށް މި ތުހުމަތުތައް ބޮޑަށް ބުރަވެއެވެ. އަސްކަރީ މުހައްލިލުންގެ މި ހިޔާލުތަކުގެ ސަބަބުން، މި މައުލޫމާތުތަކުގެ ސީރިއަސްކަން އިތުރުވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަމަށް ސަމާލުކަން ދިނުން މުހިއްމުކަން ވަނީ ފާހަގަވެފައެވެ.
މި ހުރިހާ ހަރަކާތްތަކެއްގެ ފަހަތުގައިވާ އަސްލު މަގްސަދަކީ، މިހާރު ދުނިޔޭގައި ހިނގަމުންދާ ހަނގުރާމައިގެ މައިދާނުގެ ފޯކަސް ބަދަލުކުރުން ކަމަށް ނުރަސްމީ މަސްދަރުތަކުން ބުނެއެވެ. ޔަހޫދީ ކޯލިޝަނުން މިފަދަ ގޭމްތައް ކުޅެން މަސައްކަތް ކުރަމުންދަނީ، އެބައިމީހުންގެ އަތްމަތިން ކަންކަން ނައްޓާލަން އުޅޭތީ ކަމަށްވެސް ބުނެއެވެ. ނަމަވެސް، މި ހުރިހާ ގޭމެއް މިހާރު ވަނީ އަތަށް ގޮވާލާފައެވެ.



