ޔޫކޭ، ސްޕެއިން އަދި ކެނެޑާ އެއްގަލަކަށް އަރާ ޓްރަމްޕާއި ދެކޮޅުވެއްޖެ
ދުނިޔެ

ޔޫކޭ، ސްޕެއިން އަދި ކެނެޑާ އެއްގަލަކަށް އަރާ ޓްރަމްޕާއި ދެކޮޅުވެއްޖެ

ރރާޅު މީޑިއާ
March 6, 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވަމުންދާ ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއިރް ސްޓާމަރ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ސްޓާމަރ ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޑޮނަލްޑް ޓްރަމްޕް ވަނީ މެދުއިރުމަތި ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލައްވާފައި ކަމަށެވެ. "ކިތަންމެ ޕްރެޝަރެއް ކުރިޔަސް އަޅުގަނޑުމެން ތިބޭނީ އެތިކްސްގެ މައްޗަށް،" ޓްރަމްޕްގެ ނުފޫޒަށް ދޫނުދެއްވާނެކަން ހާމަކުރައްވަމުން ސްޓާމަރ ވިދާޅުވިއެވެ.

ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލުމުގެ މި އޮއިވަރު ފުރަތަމަ ފެށިގެން އައީ ސްޕެއިންއިންނެވެ. ސްޕެއިންގެ ފަހަތުން ކެނެޑާއިން ވެސް ޓްރަމްޕްގެ ނިންމުންތަކަށް ފާޑުކިޔައި، އޭނާއާ ދެކޮޅަށް ސާބިތުކަމާއެކު ތިބިކަން ވަނީ ހާމަކޮށްފައެވެ. މިހާރު އިނގިރޭސިވިލާތުން ވެސް މިވަނީ މި ސަފަށް ގުޅި، ޓްރަމްޕްގެ ބައިނަލްއަޤުވާމީ އެކަހެރިކަން އިތުރުކޮށްފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، ދުނިޔޭގެ ބޮޑެތި ބާރުތަކުން މިގޮތަށް ތެދުވުމަކީ ޓްރަމްޕްގެ ސިޔާސީ ނުފޫޒު ކުޑަވެ، އޭނާ ދުނިޔޭގެ މައިދާނުގައި ފެއިލްވަމުންދާކަމުގެ ހެއްކެކެވެ. ޚާއްޞަކޮށް މެދުއިރުމަތީގެ ސުލްހައަށް ހުރަސްއެޅޭ ގޮތަށް ޓްރަމްޕް ގެންގުޅުއްވި އުސޫލުތަކުގެ ސަބަބުން، ހުޅަނގުގެ ގައުމުތަކުގެ އިތުބާރު އޭނާއަށް ވަނީ މުޅިން ގެއްލިފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު