ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި
ދުނިޔެ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި

ރރާޅު މީޑިއާ
March 8, 2026

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެ މީހަކު، ވެލާނާ އިންޓަނޭޝަނަލް އެެއަރޕޯޓުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޖައިނަބު ވާޖިދު ޢަލީ، އިންޑިއާ (25އ)، އަދި މުޙައްމަދު ނަވާޒް ދަޔަތަރު، އިންޑިއާ (21އ) ކަމަށެވެ.

މި ދެ މީހުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށާއި، ފުލުހުންނާ މި މީހުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލައިގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ. 

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. 

ޚިޔާލުފާޅުކުރުން

ކޮމެންޓު