އީރާނާ އެއްކޮޅަށް ހަނގުރާމާގައި ބައިވެރިވެދާނެކަމުގެ އިންޒާރު ތުރުކީން ދީފި.
ދުނިޔެ

އީރާނާ އެއްކޮޅަށް ހަނގުރާމާގައި ބައިވެރިވެދާނެކަމުގެ އިންޒާރު ތުރުކީން ދީފި.

ރރާޅު މީޑިއާ
March 29, 2026

އީރާނާ އެއްކޮޅަށް ހަނގުރާމާގައި ބައިވެރިވެދާނެކަމުގެ އިންޒާރު ތުރުކީން ދީފި.

އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ކުރުދީ ޖަމާއަތްތައް ބައިވެރިކޮށްފިނަމަ، އީރާނާއި އެއްކޮޅަށް ތުރުކީވިލާތުން ސީދާ އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ ސީރިއަސް އިންޒާރެއް އެމެރިކާއަށާއި، އިރާގަށާއި ކުރުދީ ބާރުތަކަށް ދީފިކަމަށް ތުރުކީގެ ނޫސް އޭޖެންސީން ރިޕޯޓުކޮށްފިއެވެ.

އަންކާރާއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ދަނީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީ.ކޭ.ކޭ) އާއި އޭގެ އީރާނު ގޮފި ކަމަށްވާ ޕީ.ވައި.އޭ.ކޭ އާއެކު މަޝްވަރާކުރަން މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ބޭނުމަކީ ތުރުކީވިލާތުން ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި ބަލާ މި ގްރޫޕްތައް، ހަނގުރާމައިގެ މައިދާނުގައި "މެދުވެރި ބާރުތަކެއްގެ" ގޮތުގައި ބޭނުންކުރުމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ފޯނުން ދެއްކެވި ވާހަކަފުޅެއްގައި، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ މިފަދަ ކަމަކާ ދެކޮޅު ހައްދަވާފައެވެ.

"ހިނގަމުންދާ ކަންކަމާ ގުޅޭ އެއްވެސް ވާހަކައެއް އަޅުގަނޑުމެން އަޑެއް ނާހާނަން. އަޅުގަނޑުމެން ހަމަލާދޭނަން. ސޫރިޔާގައި ވީގޮތް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މިތަނުގައިވެސް އަޅުގަނޑުމެން ކަންތައް ކުރާނީ އެގޮތަށް،" އުރުދުޣާން ވިދާޅުވިކަމަށް ތުރުކީގެ ނޫސް އެޖެންސީން ރިޕޯޓުކޮށްފަވެއެވެ.

މި ނިންމުމަކީ ކޮންމެހެން އީރާނަށް ތާއީދުކުރުމެއް ނޫން ކަމަށާއި، އެއީ ތުރުކީގެ ސަލާމަތަށް އިސްކަންދީގެން ނިންމި ނިންމުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ތުރުކީން ބިރުގަންނަނީ އީރާނަށް ވަނުމަށްޓަކައި ކުރުދީ ގްރޫޕްތަކަށް ހަތިޔާރު ދިނުމުގެ ސަބަބުން، ތުރުކީގެ ދެކުނާއި އިރުމަތީ ބޯޑަރުގައި ދާއިމީ އަދި ވަރުގަދަ ހަތިޔާރު އެޅި "ކުރުދީ ކޮރިޑޯއެއް" އުފެދިދާނެތީއެވެ.

މީގެ އިތުރުން، އީރާނުގެ ފްރަންޓަށް ދަތުރުކުރާ ކުރުދީ ޔުނިޓްތަކާ ދެކޮޅަށް ތުރުކީން ބޯޑަރު ހުރަސްކޮށް ސީދާ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ ސަބަބުން އެމެރިކާގެ ލޮޖިސްޓިކްސް ޗެއިނަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެއެވެ. ހަމައެހެންމެ، އިރްބީލްގެ ލީޑަރުންނަށްވެސް ތުރުކީން ވަނީ އިންޒާރު ދީފައެވެ.

އީރާނާ ދެކޮޅު ހަމަލާތަކުގައި ބައިވެރިވެއްޖެނަމަ، ކުރުދިސްތާން ރީޖަނަލް ގަވަރްމަންޓް (ކޭ.އާރު.ޖީ) މުޅިން ބްލޮކޭޑްކޮށް، ތުރުކީން ދޭ ސަލާމަތީ ކަށަވަރުކަން އަނބުރާ ގެންދާނެ ކަމަށް ވަނީ އަންގާފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު