
އީރާނާ ދެކޮޅަށް ޓްރަމްޕް ސައިޒްވެއްޖެ: ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރަން ތައްޔާރުކަމަށް ވިދާޅުވެއްޖެ
ޓްރަމްޕް އީރާނާ ދެކޮޅަށް ސައިޒުވެ ހަރުކަށިކަން ދޫކޮށްލައިފި: ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރަން ތައްޔާރު ކަމަށް ވިދާޅުވެއްޖެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ މެދުގައި ގެންގުޅުއްވި ހަރުކަށި ސިޔާސަތަށް ފާޅުކަން ބޮޑު ގޮތަކަށް ބަދަލެއް ގެނެސްފިއެވެ. އޭނާ ވަނީ، ހުރްމުޒްގެ ކަނޑުއޮޅި ނުހުޅުވުނަސް، އީރާނާއެކު ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރުމަށް ތައްޔާރު ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕްގެ މި ބަސްފުޅުތަކަކީ، ސަރަހައްދީ ހަމަޖެހުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ މުޖުތަމަޢަށް އުއްމީދު ގެނެސްދޭފަދަ ބަސްފުޅުތަކެކެވެ. ޚާއްސަކޮށް، އީރާނާ އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ބައިނަލްއަޤްވާމީ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް މިހާރު ވަނީ އިތުރު ބާރެއް ލިބިފައެވެ.
ޓްރަމްޕްގެ ރިޔާސަތުގައި އީރާނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅުއްވިއެވެ. އެއީ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (JCPOA) ނުވަތަ އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން ވަކިވެވަޑައިގަތުމާއި، އީރާނަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމެވެ. ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ %20 އަށް ވުރެ ގިނަ ތެޔޮ ފޮނުވާ ސަރަހައްދެވެ. އެމެރިކާއިން ވަނީ މި ކަނޑުއޮޅި ބަންދުކޮށްފިނަމަ، ވަރަށް ހަރުކަށި ރައްދެއް ދޭނެ ކަމަށް އިންޒާރުދީފައެވެ. ނަމަވެސް މިހާރު ޓްރަމްޕް ވިދާޅުވެފައިވަނީ، ހުރްމުޒް ނުހުޅުވުނަސް ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރަން ތައްޔާރު ކަމަށެވެ. މިއީ ޓްރަމްޕްގެ ސިޔާސަތަށް އައިސްފައިވާ ބޮޑު ބަދަލެކެވެ. މި ބަދަލުގެ ފަހަތުގައި ީރާނުގެ އަޒުމް ވަރުގަދަ ކަމާއި ރައްދުގައި ދެވޭ ވަރުގަދަ ހަމަލަތަކެވެ.
ބައިނަލްއަޤްވާމީ ގައުމުތަކުން ވަނީ މަޝްވަރާގެ މަގުން މި މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައެވެ. ސްޕޭނާއި ޗައިނާގެ އިތުރުން ޕާކިސްތާނާއި ތުރުކީ އަދި ޚާއްޞަކޮށް ރަޝިއާ އޮތީ އީރާނު ފަޅީގައެވެ. މި ޤައުމުތަކުން އެމެރިކާ އަދި އީރާނަށް ވެސް ވާހަކަ ދައްކައި ހަނގުރާމަ ހުއްޓުވުމަށް ވަރަށް ބޮޑަށް ދެފަރާތަށް ވެސް އެބަ ބާރު އަޅައެވެ. ޗައިނާއާއި ރަޝިއާއަކީ އީރާނުގެ މުހިންމު އިޤްތިޞާދީ އަދި ސިޔާސީ އެކުވެރިންނެވެ. އެމީހުން ބޭނުންވަނީ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށާއި، ތެލުގެ އަގު ހަމަހަމަކުރުމަށެވެ. އަދި ޕާކިސްތާނާއި ތުރުކީ ފަދަ އިސްލާމީ ގައުމުތަކުން ވެސް ބޭނުންވަނީ ހަނގުރާމަ އިތުރަށް ފުޅާނުކޮށް ސުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމަށެވެ.
ޓްރަމްޕް މަޝްވަރާ ކުރުމަށް ތައްޔާރުކަން ހާމަކުރެއްވި ނަމަވެސް، އީރާނުން މިވަނީ އެކަމަށް ވަރަށް ހަރުކަށި ޝަރުތުތަކެއް ކަނޑައަޅާފައެވެ. އީރާނުގެ ރައީސް ޕީޒިޝްކިއާން ވަނީ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރާނީ ވަރަށް ހަރުކަށި ޝަރުޠުތަކާއި އެކު، އީރާނު ބޭނުންވާ ގޮތައް ކަމަށް ވިދާޅުވެފައެވެ. މި ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމާއި، އީރާނުގެ ސިޔާދަތަށް އިހްތިރާމްކުރުން ހިމެނިދާނެއެވެ. އީރާނުން މިހެން ބުނުމުން ދައްކުވައިދެނީ އެ ގައުމަކީ އެއްވެސް ފަރާތަކަށް ބޯނުލަނބާނެ ގައުމެއް ކަމާއި، އެ ގައުމުގެ ގައުމީ މަސްލަހަތު ރައްކާތެރިކުރުމަށް ކޮންމެ ގުރުބާނީއެއް ވެސް ވާނެކަމެވެ. މަޝްވަރާގެ މޭޒުމަތީގައި އީރާނުގެ ދައުރު ވަރުގަދަކުރުމަށްޓަކައި، އެ ގައުމުން މިފަދަ ހަރުކަށި ޝަރުތުތަކެއް ކަނޑައަޅާނެ ކަމަށް ބެލެވެއެވެ.



