
ޓްރަމްޕްގެ ހަރުކަށި އިންޒާރު: އެމެރިކާ ނެތްނަމަ ސައުދީ ދެ ހަފުތާވެސް ދެމި ނޯންނާނެ
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައުދީ އަރަބިއްޔާއާ މެދު އަނެއްކާވެސް ހަރުކަށި ބަސްތަކެއް ރައްދުކޮށް، އެމެރިކާގެ އަސްކަރީ ހިމާޔަތާއި އެހީތެރިކަން ނެތްނަމަ، ސައުދީ ސަރުކާރަށް ދެ ހަފުތާގެ މުއްދަތަށްވެސް ދެމިއޮތުމަކީ ނާދިރު ކަމެއް ކަމަށް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިފަދައިން ވިދާޅުވެފައިވަނީ، މެދުއިރުމަތީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމެރިކާއިން ދޭ ބޮޑު ހިއްސާއަށް ބަދަލު ދައްކަން ޖެހޭނެ ކަމަށް ބާރުއަޅުއްވަމުންނެވެ.
ޓްރަމްޕްގެ ވާހަކަފުޅުގެ އެންމެ މުހިންމު ނުކުތާއަކީ އެމެރިކާއިން ދޭ ސެކިއުރިޓީ ސަޕޯޓަށް ސައުދީ އަރަބިއްޔާއިން “އަގެއް ދައްކަން” ޖެހޭނެ ކަމަށް ބާރުއެޅުއްވުމެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މެދުއިރުމަތީގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެމެރިކާއިން ކުރާ ބޮޑެތި ހޭދަތަކާއި، އަސްކަރީ ގޮތުން ދޭ އެހީތެރިކަމަށް، އެ ސަރަހައްދުގެ ގައުމުތަކުން މާލީ ގޮތުން ބަދަލުދޭން ޖެހޭނެއެވެ. މިއީ ޓްރަމްޕްގެ ރިޔާސީ ދައުރުގައިވެސް އޭނާ ތަކުރާރުކޮށް ދައްކަވާފައިވާ ވާހަކަފުޅެކެވެ. އެމެރިކާގެ އަސްކަރީ ބާރުގެ ސަބަބުން ގައުމުތަކެއް އަމާންކޮށް ދެމިއޮންނައިރު، އެކަމަށް އެ ގައުމުތަކުން އެއްވެސް ބަދަލެއް ނުދޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ރިޕޯޓުތައް ބުނާގޮތުން ޓްރަމްޕް އެވިދާޅުވާ ބަހުގެ މާނައަކީ އެމެރިކާ އިސްވެއޮވެ އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ސައުދީ ސަރުކާރުން އަމަލީގޮތުން ބައިވެރިވެ އީރާނާއި ދެކޮޅަށް ހަނގުރާމަކުރުވެ. ނަމަވެސް މިއީ ސައުދީއަށް އަދި މުޅި ގަލްފުގެ ހުރިހާގައުމެއް ނިކުތް ނަމަވެސް ނުއުފުލޭނެ ވަރުގެ ބުރައެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އީރާނަކީ މިއަދު އެމެރިކާއާއި ގަލްފުެ ގައުމުތަކުން އެ ހީކުރާވަރުގެ ބާރު ކުޑަ ގައުމެއް ނޫންކަމަށް ޚުދު އެމެރިކާގެ އޮފިޝަލުންވެސް ވަނީ ޓްރަމްޕަށް ލަފާދީފައެވެ.
މީގެ ކުރިންވެސް ސައުދީއާ މެދު މިފަދަ ހަރުކަށި ސިފައެއްގައި ވާހަކަދައްކަވާފައިވާ ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރީ ހިމާޔަތާއި އެހީތެރިކަން ނެތްނަމަ، ސައުދީ ސަރުކާރަށް ދެ ހަފުތާގެ މުއްދަތަށްވެސް ދެމިއޮތުމަކީ ނާދިރު ކަމެއް ކަމަށެވެ.
ޓްރަމްޕް މިފަދައިން ވިދާޅުވެފައިވަނީ އެމެރިކާއިން ދޭ ސެކިއުރިޓީ ސަޕޯޓަށް ނުވަތަ ރައްކާތެރިކަމަށް ސައުދީ އަރަބިއްޔާއިން "އަގެއް ދައްކަން" ޖެހޭނެ ކަމަށް ބާރުއަޅުއްވަމުންނެވެ. އޭނާގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ މެދުއިރުމަތީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމެރިކާގެ ބޮޑު ހިއްސާއެއް އޮތްއިރު، އެ ގައުމުތަކުން އެކަމުގެ ބަދަލު މާލީ ގޮތުން ދޭންޖެހޭނެ ކަމަށެވެ.
މި އިންޒާރަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާ މުޚާތަބު ކުރައްވައި ޓްރަމްޕް ދެއްކެވި ވާހަކަފުޅެކެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ ސިފައިންނާއި ޒަމާނީ ހަތިޔާރުގެ އެހީތެރިކަން ނެތިއްޖެނަމަ ސައުދީގެ މިހާރުގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ.



