އީރާނާއި ދެކޮޅަށް ނޭޓޯއިން އެމެރިކާ އަށް އެހީތެރި ނުވުމުން ޓްރަމްޕް  ބޮޑާހާކައި ކަލަގޮވަން ފަށައިފި
ދުނިޔެ

އީރާނާއި ދެކޮޅަށް ނޭޓޯއިން އެމެރިކާ އަށް އެހީތެރި ނުވުމުން ޓްރަމްޕް ބޮޑާހާކައި ކަލަގޮވަން ފަށައިފި

ރރާޅު މީޑިއާ
March 17, 2026

އެމެރިކާއާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވުމަށާއި ހޮރްމުޒް ކަނޑުއޮޅި ރައްކާތެރި ކުރުމަށް މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންނެވުމުން އެކަމަށް ނޭޓޯ އިން އިންކާރު ކޮށްފިއެވެ.

މި އާއި އެކު ނޭޓޯގެ މެމްބަރުންނާއި އެމެރިކާގެ އެކުވެރި ޔޫރަޕުގެ ޤައުމުތައް ދެކެ ކޯފާ އިސްކުރައްވައި އެ ޤައުމުތަކަށް ވަރަށް ބޮޑަށް ޓްރަމްޕް ފާޑު ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވީ ޔޫރަޕުން އެމެރިކާގެ އަސްކަރީ އެހީ އާއި ރައްކާތެރިކަން ލިބިގަންނައިރު، އެމެރިކާ މިއަދު ބޭނުމަކު ޖެހުމުން ޔޫރަޕުން އެމެރިކާ އަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ފަސްޖެހުނީ ކަމަށެވެ.

އިސްރާއީލާއި އެމެރިކާ އާއި ގުޅުން އޮންނަ އުޅަނދުފަހަރު ތަކަށް ހޮރްމުޒް ކަނޑުއޮޅި އޮތީ އީރާނުން ބަންދު ކޮށްފައެވެ.

އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދު ކުރުމާއި އެކު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. އީރާނަށް އެމެރިކާ އިން ޙަމަލާ ދިނުމުގެ ކުރިއާއި އަޅާބަލާއިރު މިއީ %40 އަށް ވުރެ ބޮޑު އިތުރުވުމެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު