އެެމެރިކާގެ އެންމެބޮޑު ހަނގުރާމަމަތީ މަނަވަރަށް އީރާނުން ވަރުގަދަ  ހަމަލަތެކެއް ދީ ހަލާކުކޮއްލި ކަމަށް ޓްރަމްޕު އެއްބަސްވެއްޖެ
ދުނިޔެ

އެެމެރިކާގެ އެންމެބޮޑު ހަނގުރާމަމަތީ މަނަވަރަށް އީރާނުން ވަރުގަދަ ހަމަލަތެކެއް ދީ ހަލާކުކޮއްލި ކަމަށް ޓްރަމްޕު އެއްބަސްވެއްޖެ

ރރާޅު މީޑިއާ
March 31, 2026

އެމެރިކާގެ އެޕްސްޓައިން ރައީސް ޑޮނަލްޑް ޓުރަމްޕް ވަނީ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫ.އެސް.އެސް ޖެރާލްޑް އާރު ފޯޑަށް އީރާނުން ދިން ޙަމަލާ ކަށަވަރު ކޮށްދީފައެވެ. ޑޮނަލްޑް ޓުރަމްޕް ބުނީ އީރާނުން ދިން ޙަމަލާއަކީ ވަރަށް ވަރުގަދަ ޙަމަލާއެއް ކަމަށާއި، ބޯޓުގައި ތިބި ފަޅުވެރިން މަސައްކަތް ކުރީ ފުރާނަ ސަލާމަތް ކުރެވޭތޯ ކަމަށެވެ. އަދި އީރާނުގައި އެކަށީގެންވާ ވަޞީލަތްތަކާއި، ބާރު ނެތް ކަމަށާއި، ވީމާ އީރާނުގެ ފަހަތުގައި އޮތީ ކޮން ބާރެއްތޯ ނުވަތަ ބާރުގަދަ ކޮން އަތްތަކެއްތޯ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

އެމެރިކާގެ މިއާމީގައި ދެއްކި ވާހަކައިގައި، ޔޫ.އެސް.އެސް ޖެރަލްޑް އާރް ފޯޑަށް ކުރިމަތިވި ނުރައްކާތެރި ޙާދިސާގެ ތަފުޞީލު، ޓުރަމްޕް ވަނީ ހާމަކޮށްފައެވެ. ޓުރަމްޕް ބުނެފައިވާ ގޮތުގައި، ކުރިން ހީވެސް ނުކުރާފަދަ ގޮތަކަށް "17 ދިމާލަކުން" އީރާނުން އެ މަނަވަރަށް މިސައިލް ޙަމަލާތައް އަމާޒުކޮށްފައި ވާކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި، އެއީ ވާއެއް ނުވާއެއް ނޭނގުނު ނުރައްކާތެރި ވަގުތުކޮޅެކެވެ. އީރާނުގެ އެކުމުތުވާ މިސައިލްތަކާއި ޑްރޯންތަކުގެ ކިބައިން، 100،000 ޓަނުގެ މަނަވަރު ދިފާޢު ކުރުމަށް، ރޭގަނޑު ދަންވަރު ކޮންމެ 32 ސިކުންތަކުން ހައިސްޕީޑް ޖެޓްތައް އުދުއްސާލަން ޖެހުނު ކަމަށްވެސް ޓުރަމްޕު ބުންޏެވެ.

ޓުރަމްޕްގެ އެ އިޢުތިރާފަކީ ޕެންޓަގަންގެ ރަސްމީ ބަޔާނާއި ވަރަށް ތަފާތު ރިވާޔަތެކެވެ. ޕެންޓަގަނުން ބުނާގޮތުގައި، ދާދި ފަހުން އެ މަނަވަރުގެ އޮޕަރޭޝަނަށް ހުއްޓުމެއް އައީ އޭގެ ލޯންޑްރީ ބައިގައި ހިނގި، ހަނގުރާމައާ ގުޅުމެއް ނެތް އަލިފާނުގެ ހާދިސާއެއްގެ ސަބަބުންނެވެ. އަސްކަރީ އޮފިޝަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މަނަވަރުގެ ދިހަވަރަކަށް ފަޅުވެރިންނަށް ވަނީ ދުމުގެ ސަބަބުން އަސަރުކޮށްފައެވެ. އެކަމަކު، ޓުރަމްޕްގެ ވާހަކައިން ދޭހަވަނީ ކުރިން ޤަބޫލުކުރި ވަރަށް ވުރެ ކުރިމަތިވި ގެއްލުމާއި، ނުރައްކާތެރިކަމުގެ މިންވަރު މާބޮޑު ކަމަށެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫ.އެސް.އެސް ޖެރަލްޑް އާރް ފޯޑު މިވަގުތު އޮތީ، ލިބުނު ގެއްލުންތަކާ އެކު ކްރޮއޭޝިޔާގައި ބަނދަރުކޮށްފައެވެ.

"17 ދިމާލަކުން" ޙަމަލާތައް ދިން ކަމަށް ބުނާ މައްސަލަ، އިސްތިރާޖީ ތަޖުރިބާކާރުން ދަނީ މިހާރު ތަޙުލީލު ކުރަމުންނެވެ. އީރާނުގެ ޙަމަލާއަކީ އެ މަނަވަރުގެ ދިފާޢީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ރޭވުންތެރިކަމާއެކު ދީފާއިވާ ވަރަށް މުޢައްޤަދު ޙަމަލާއެއް ކަމަށް ބެލެވޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެވާހަކަ އެއީ ތެދެއް ކަމަށް ވެއްޖެނަމަ، އެއީ ކަނޑުގެ އަޑިންނާއި، މަތިންނާއި، އަދި ވައިގެ ތެރޭގައި މިސައިލް ބޭނުންކޮށްގެން އެއްފަހަރާ އެތައް ދިމާލަކުން ޙަމަލާދިނުމުގެ ޤާބިލުކަން އީރާނަށް ލިބިފައިވާ ކަމުގެ ހެއްކެކެވެ. އަދި އެކަން ވެގެންދާނީ އީރާނުން ހޯދާފައިވާ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު