މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދުޢާ އިޖާބަކުރައްވާ ސަބަބެއް - ޚުޠުބާ
ދީން

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދުޢާ އިޖާބަކުރައްވާ ސަބަބެއް - ޚުޠުބާ

ރރާޅު މީޑިއާ
March 27, 2026

މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބާއްޖަވެރިކަމާއި ކާމިޔާބީގެ އަސްލަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުން ކަމުގައި ބަޔާންކޮށްފިއެވެ. ރާއްޖޭގެ އެކިކަނޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަމުގެ މައްޗަށެވެ.

އެގޮތުން މިއަދުގެ ބުނީ މާތް ﷲ އަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށް ފަހު، ދެން އެންމެ އިސްކަމެއް ދީގެން ހައްގު އަދާކުރަންޖެހެނީ މައިންބަފައިންނަށެވެ. އަދި އެ ދެމީހުންނަކީ އިންސާނާ މި ދުނިޔެއަށް އައުމުގެ ސަބަބު ކަމުގައިވީ ކަމުން، ދަރިން ބޮޑުކޮށް ތަރުބިއްޔަތު ކުރުމުގައި އެ ދެމީހުން ވެފައިވާ ބޮޑެތި ގުރުބާނީތަކުގެ ހަނދާން އާކުރަންޖެހެއެވެ. ހަމައެހެންމެ ދުނިޔެވީ ވިސްނުމަކުން ވިސްނާލި ނަމަވެސް، ކޮންމެ އިންސާނަކަށްމެ މައިންބަފައިންގެ މުހިންމުކަން ވަރަށް ބޮޑަށް އިހުސާސު ކުރެވޭނެކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

މާތް ﷲ ވަހީކުރެއްވި އެވެ.:"وَبَرًّا بِوَالِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا"

މާނައީ: "އަދި އެކަލޭގެފާނު މައިންފައިންނަށް މައިންފައިންނަށް ހެޔޮކޮށްހައްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި ޖައްބާރަކުކަމުގައި އެކަލޭގެފާނު ނުވެއެވެ." - ހުކުރު ހުތުބާ

މިއަދު ހުކުރު ހުތުބާގައި ވަނީ އިސްލާމްދީން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ބާރު އަޅާ މިންވަރުގެ މައްޗަށް އަލި އަޅުވާލާފަ އެވެ. އެގޮތުން މައިންބަފައިންނަށް އަޅާލައި، އޯގާތެރިވެ، އެމީހުންނަށް ކިޔަމަންތެރިވުމަށް ވަނީ އަމުރުކުރައްވާފައި ކަމަށް ހުތުބާގައި ބުންޏެވެ. އަދި މާތް ﷲ ކީރިތި ގުރުއާނުގެ ހަތް ތަނެއްގައި މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވައި، އެމީހުންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައިވެ އެވެ. މިއީ ހަމައެކަނި އާދައިގެ ކަމެއް ނޫން ކަމަށާއި، މިއީ އިސްވެދިޔަ ނަބީބޭކަލުންނާއި ސަލަފުއްސާލިހުންގެ މަތިވެރި ހުލްގުފުޅެއް ކަމުގައިވެސް ހުތުބާގައި ބުންޏެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދިމާވާ މުސީބާތްތަކުން ސަލާމަތްވުމަށާއި ދުއާ އިޖާބަވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ހުކުރު ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި މައިންބަފައިންނަށް ކަމޭހިތުމާއި އެމީހުންގެ ރުހުން ހޯދާ މީހަކަށް އާހިރުަތުގައި ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ހަބަރު ދެއްވާފައިވާކަން ހަނދާންކޮށްދީފައިވެ އެވެ. މިއަދުގެ ހުތުބާގައި ވަނީ މައިންބަފައިންނަށް ނުކިޔަމަންތެރި ނުވުމަށާއި، އެމީހުން މުސްކުޅިވާ ދުވަހު އޯގާތެރިކަމާއެކު ބެލެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު