އީދުގެ ހަގީގީ މަގުސަދު ﷲ ސވ އަށް ޝުކުރުވެރިވުން' ނަމަވެސް ފެންނަނީ ބިރަކާނުލާ މަޖާކުރުން
ދީން

އީދުގެ ހަގީގީ މަގުސަދު ﷲ ސވ އަށް ޝުކުރުވެރިވުން' ނަމަވެސް ފެންނަނީ ބިރަކާނުލާ މަޖާކުރުން

ނނާޒިމް
June 1, 2026

އީދަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ދެ މުނާސަބަތެކެވެ. އެއީ މުސްލިމުންގެ ހިތްތަކަށް އުފާވެރިކަމާއި އެކުވެރިކަން ގެނެސްދޭ، އަދި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވުމުގެ ރަމްޒެކެވެ. ނަމަވެސް، މިއަދު އީދު ފާހަގަކުރުމުގެ ނަމުގައި ފެންނަމުންދާ ބައެއް ކަންތައްތަކުގެ ސަބަބުން، އީދުގެ އަސްލު މަގުސަދާ މެދު ސުވާލު އުފެދެމުންދާ ކަހަލައެވެ.

އީދުގެ ހަގީގީ މަގުސަދު

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ޝަރުޢުކުރެއްވި އީދުގެ މަގުސަދަކީ، އެއިލާހަށް ޝުކުރުވެރިވުމާއި، އާއިލީ ގުޅުންތައް ބަދަހިކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ. އީދުގައި މުސްލިމުން އުފާފާޅުކޮށް، ކައިބޮއެ، ފަގީރުންނަށް އެހީތެރިވެ، މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ދައްކައެވެ. އެއީ ދީނީ އަދި އިޖްތިމާއީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންވާ ދުވަހެކެވެ. އައުރަ ނިވާކުރުމަށް ފޭރާން ބޭނުންކުރާ ފަދައިން، އީދަކީވެސް އިސްލާމީ އުޞޫލުތަކުގެ ތެރެއިން އުފާފާޅުކުރުމަށް ދީފައިވާ ރަނގަޅު ފުރުޞަތެކެވެ.

ފާޅުވަމުންދާ ކަންބޮޑުވުންތައް

ނަމަވެސް، މިއަދު ބައެއް މުސްލިމު މުޖުތަމަޢުތަކުގައި، ޚާއްސަކޮށް އަޅުގަނޑުމެންގެ މި ކުޑަކުޑަ ގައުމުގައިވެސް، އީދު ފާހަގަކުރުމުގެ ނަމުގައި ފެންނަމުންދާ ބައެއް ކަންތައްތަކަކީ ހަގީގަތުގައިވެސް ކަންބޮޑުވުން އުފައްދާ ކަންތައްތަކެކެވެ. ބައެއް ފިރިހެނުން "މާލި" ފަދަ ނަންނަން ދީފައި، ޝައިޠޯނާގެ ސިފަތަކަށް ވެހި، ޖާހިލުކަމުގެ އިންތިހާ ދައްކަމުންދާއިރު، ބައެއް އަންހެން ކަނބަލުން ސްޓޭޖްތަކުގައި ލަދުވެތިކަމެއްނެތި ނުރަނގަޅު ހަރަކާތްތަކުގައި ބައިވެރިވެ، އީދުގެ ހުރުމަތް ކެނޑެމުންދާ މަންޒަރު ފެނެއެވެ. މިފަދަ ކަންތައްތަކަކީ އިސްލާމްދީނާއި ދިވެހި ސަގާފަތާއި އެއްގޮތް ނޫން ކަންކަމެވެ. އީދު ދުވަހު އުފާފާޅުކުރަން ޖެހެނީ އިސްލާމީ ހަމަތަކުގެ ތެރެއިންނެވެ.

ހާމާނާއި، ފިރުޢައުނާއި، ގާރޫނު

ފަދަ އިސްލާމްދީނުގެ ބޮޑެތި އަދުއްވުންގެ ހަނދާންތައް އާލާކޮށް، އެފަދަ ނަޖިސް އަމަލުތަކަށް ދުވެ، އެފަދަ ސިފަތައް ޖެހުމަކީ އީދުގެ މަގުސަދެއް ނޫނެވެ.

ލަދުވެތިކަމުގެ މުހިންމުކަން

އިސްލާމްދީނުގައި ލަދުވެތިކަމަކީ އީމާންކަމުގެ ބައެކެވެ. ދިވެހި މުޖުތަމަޢުގައިވެސް ލަދުވެތިކަމާއި، އަޚްލާގީ ރީތި ސިފަތަކަށް އަބަދުވެސް އިސްކަންދީފައިވެއެވެ. އީދުގެ އުފާފާޅުކުރުންތަކުގައި ވެސް ލަދުވެތިކަމާއި، ހުރުމަތްތެރިކަން ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. މިފަދަ ހަރަކާތްތަކުގައި އައުރަ ނިވާކުރުމާއި، ޖިންސުއްލަތީފުން އެއްވެސް ލަދުވެތިކަމެއް ނެތި އަމަލުކުރުމަކީ އިސްލާމީ އަގުތަކާ ކަނޑައެޅިގެން ފުށުއަރާ ކަމެކެވެ. މިކަމުގެ ސަބަބުން، ކުދި ބޮޑު އެންމެންގެ ހިތްތަކުގައި އީދުގެ މުގައްދަސްކަން ކެނޑި، އެއީ ހަމައެކަނި މުނިފޫހިފިލުވުމަށް ހުރި ދުވަހެއްކަމަށް ދެކެވޭ ނުބައި ގަބޫލުކުރުންތައް އުފެދެއެވެ.

އީދުގެ ރޫޙު އާލާކުރުން

އީދުގެ ހަގީގީ ރޫޙު އާލާކުރުމަށްޓަކައި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވެއެވެ. ދީނީ އިލްމުވެރިންނާއި، ބެލެނިވެރިންނާއި، ޒުވާނުންނާއި، އަދި ރައްޔިތުންވެސް މިކަމުގައި މުހިންމު ދައުރެއް އަދާކުރަން ޖެހެއެވެ. އީދުގެ މުނާސަބަތުގައި ރާވާ ހަރަކާތްތައް އިސްލާމީ ހަމަތަކާއި، ދިވެހި ސަގާފަތާއި އެއްގޮތްވާނެހެން ރޭވުމަކީ ކުރަންޖެހޭ ކަމެކެވެ. ބޭކާރު ހަރަދުތަކާއި، ނުރަނގަޅު އާދަތަކުން ދުރުވެ، އީދުގެ ހަގީގީ މަގުސަދަށް ސަމާލުކަން ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއްކަމުގައި ދެކެން ޖެހެއެވެ. އެހެންނޫންނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިންޒާރުތަކަށް ބިރުވެތި ވެވިދާނެ ހެއްޔެވެ؟

އީދަކީ އުފަލާއި އުފާވެރިކަމުގެ މުނާސަބަތެއް ނަމަވެސް، އެއީ އިސްލާމީ އުޞޫލުތަކާއި ހިލާފުނުވެ، ލަދުވެތިކަމާއި، ހުރުމަތްތެރިކަމާއެކު ފާހަގަކުރަންޖެހޭ ދުވަހެކެވެ. މުޖުތަމަޢުގެ އަގުތައް ދެމެހެއްޓުމަށާއި، އީދުގެ މުގައްދަސްކަން ހިފެހެއްޓުމަށްޓަކައި، މިފަދަ ކަންތައްތަކަށް ސަމާލުކަންދީ، ރަނގަޅު އިސްލާހީ މަސައްކަތްތަކެއް ކުރެވުން މުހިންމެވެ. އީދުގެ ހަގީގީ ރޫޙު އަބަދުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ދިރިގެންވާނެ ކަމަށް އުންމީދުކުރަމެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު