ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓަން މިއަދުގެ ހުތުބާގައި ގޮވާލައިފި
ދީން

ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓަން މިއަދުގެ ހުތުބާގައި ގޮވާލައިފި

ރރާޅު މީޑިއާ
February 20, 2026

ދިވެހިންގެ މެދުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓަން މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ. މިއަދަކީ މި ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހެވެ.

"ތަގުވާ އާއި ތައުބާގެ މައްސަރު" މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރަމަޟާން މަހުގެ މާތްކަމާއި، މި މަހުގައި ހެޔޮ އަމަލުތައް ގިނަކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މައްސަރުތަކުގެ ތެރެއިން ރަމަޟާން މަހަކީ މާތް ﷲ އެތައް ގޮތަކުން މަތިވެރިކުރައްވާފައިވާ މަހެކެވެ. އެގޮތުން މި މަހުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި، ރޯދައިގެ މަތިވެރި އަޅުކަން ފަރުޟުކުރެއްވުމުގެ އިތުރުން، މި މަހު ކުރާ ހެޔޮ އަމަލުތަކަށް ދެއްވާ ޖަޒާ އިތުރުކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރި އެވެ. އަދި މި މައްސަރަކީ ތައުބާވުމާއި ތަގުވާވެރިކަން އިތުރުކުރުމަށް ލިބޭ ރަން ފުރުސަތެއް ކަމަށްވެސް ބުނެފައިވެ އެވެ.

ތައުބާވުމާ ގުޅޭގޮތުން ހުތުބާގައި ބުނީ، އެއީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް ކަމަށެވެ. މީގެ އިތުރުން މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ އެ ހައްގު އަދާކުރުމާއެކު ތައުބާވުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

"ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް އަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިހުލާސްތެރިކަމާއެކު މާތް اللهގެ ހަޟުރަތުގައި ދުއާ ދެންނެވުމެވެ،" ހުތުބާގައި ވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު