ކުރިއަށްއޮތް ގަޑިއިރުތަކެއްގެ ތެރޭގައި ބަހްރެއިން، ޔޫ.އޭ.އީ އަދި ސީރިޔާގެ ދިމިޝްގުގެ ހޮޓާތަކަށް ހަމަލާދޭނެކަމުގެ އިންޒާރު
ދުނިޔެ

ކުރިއަށްއޮތް ގަޑިއިރުތަކެއްގެ ތެރޭގައި ބަހްރެއިން، ޔޫ.އޭ.އީ އަދި ސީރިޔާގެ ދިމިޝްގުގެ ހޮޓާތަކަށް ހަމަލާދޭނެކަމުގެ އިންޒާރު

ރރާޅު މީޑިއާ
March 28, 2026

އީރާނުންވަނީ ގަލްފްގެ 6 ގައުމުގައިވާ އެމެރިކާގެ 13 އަސްކަރީ ބޭސްތަކުގެ ތެރެއިން މަދުތަނެއް ފިޔަވައި ހުރިހާ ބޭސްތަކެއް ބޭނުން ނުކުރެވޭވަރަށް ފުނޑާލާފައެވެ. އެހުރިހާ ތަނެއް މިހާރު ހުރީ ފަޅުވެފައެވެ.

އެތަން ތަނުގައި ތިބި އެމެރިކާގެ 40 ހާސް ސިފައިން ވަނީ ޔޫރަޕާއި އެހެން ޤައުމުތަކުގަވާ މަރުކަޒުތަކަށް ބަދަލުކޮށްފައެވެ. ބައެއް ސިފައިން އަދިވެސް ތިބީ ޔޫ.އޭ.އީ ، ޤަތަރް، ބަހްރެއިން، ކުވެއިތު އަދި ސައުދީގެ ލަގްޒަރީ ބިއްލޫރި ހޮޓާތަކުގައި ހިމާޔަތް ހޯދައިގެންނެވެ.

އީރާނުގެ އައިއާރޖީސީއިން ވަނީ އެމެރިކާ ސިފައިން ފޮރުވިގެން ތިބި ހޮޓާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެޤައުމުތަކުގެ އާއްމުންނަށް ގޮވާލާފައެވެ.

އަދި ކުރިއަށްއޮތް ގަޑިއިރުތަކެއްގެ ތެރޭގައި ބަހްރެއިން، ޔޫ.އޭ.އީ އަދި ސީރިޔާގެ ދިމިޝްގުގެ ހޮޓާތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުންވަނީ ދީފައެވެ.

ގަލްފް ގައުމުތަކުގެ ރަސްކަމުގަ ތިއްބެވި ޖާހިލުން އެގައުމުތަކުވެ ރައްޔިތުންނަށް ވުރެ ސަހްޔޫނީން އިސްކޮށް ގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލަނީ ރަސްކަމުގެ ދަހިވެތި ކަމުގަ ރަސްކަން ދިފާއު ކުރުމަށްޓަކައެވެ. ވެރިކަމާއި ރަސްމަކީ ﷲ ސވ ދެއްވާ އެއްޗެއްކަންވެސް މިއެއްޗެހިންނަށް ނޭންގޭ ކަހަލައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު