އަރާމާއި ލައްޒަތުގެ ތެރެއަށް ޢަރަޤުވެފައިވާ ދުނިޔޭގައި ހަމައެކަނި ދީނުގެ ދިފާއުގައި ސާބިތުކަން ދެއްކެވި ހިއްވަރުގަދަ ބަޠަލު
ދުނިޔެ

އަރާމާއި ލައްޒަތުގެ ތެރެއަށް ޢަރަޤުވެފައިވާ ދުނިޔޭގައި ހަމައެކަނި ދީނުގެ ދިފާއުގައި ސާބިތުކަން ދެއްކެވި ހިއްވަރުގަދަ ބަޠަލު

ރރާޅު މީޑިއާ
March 1, 2026

އިސްލާމީ ބޮޑެތި ޤައުމުތަކާއި ވެރިން، މުއްސަނދިކަމާއި އަރާމާއި ލައްޒަތުގެތެރެއަށް ޣަރަޤުވެ، ފަލަސްތީނާއި އަލްއަޤްޞާގެ ދިފާއުގައި ހިމޭންވެފައި ތިބި ދަނޑިވަޅެއްގައި، އުމުރުން 86 އަހަރުގެ ދުވަސްވީ މި މުސްކުޅިބައްޕަ، ކާފަ އެންމެ ފަހު ނޭވަޔަށް ދާންދެން ހުންނެވީ އިސްލާމީ އުއްމަތް ހިމާޔަތް ކުރުމަށް ފަރުބަދައެއް ފަދަ ސާބިތުކަންމަތީގައެވެ.

މިއީ އަންނަން އޮތް އިސްލާމީ ޖީލުތަކަށް ކިޔައިދޭންޖެހޭ ފަޚުރުވެރި ވާހަކައެކެވެ.

ދުނިޔޭގެ ލައްޒަތާއި އާރާއި ބާރުގެ ކުރިމަތީގައި ކަކޫ ނުޖަހައި، ހަމައެކަނި ﷲ ގެ ވަޖުހުފުޅަށްޓަކައި ދީނުގެ ދިފާއުގައި ތެދުވި މިފަދަ ޝަޚުޞިއްޔަތުތަކަކީ އުންމަތުގެ ހަގީގީ ދިރުމެވެ. އަޅުގަނޑުމެންގެ ދަރިންނަށާއި ކާފަދަރިންނަށް މި މަންޒަރުތައް ސިފަކޮށްދޭންޖެހެއެވެ. އެއީ މުޅި ދުނިޔެ ހިމޭންވެފައި އޮތްއިރު، ހިތްވަރާއެކު "ﷲ އަކުބަރު" ގޮވައިލި އަޑު އިއްވި މީހުންނަކީ ކޮބައިކަން އެނގުމުގެ ހައްޤު އެކުދިންނަށް ލިބިގެންވާތީއެވެ

ޚިޔާލުފާޅުކުރުން

ކޮމެންޓު