ނެރެގެންއުޅޭ  ކޯޓުއަމުރަކީ  ކޮބައިކަން  ސާފުކޮށްދޭން  ޖެހޭ
ސިޔާސީ

ނެރެގެންއުޅޭ ކޯޓުއަމުރަކީ ކޮބައިކަން ސާފުކޮށްދޭން ޖެހޭ

ނނާޒިމް
May 12, 2026

ނެރެގެންއުޅޭ ކޯޓުއަމުރަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ވިދާޅުވެއްޖެ. އެމަނިކުފާނު މިހެން ވިދާޅުވީ އަދަދު ނޫހުން ނެރުނު އައިސާ ޑޮކިއުމެންޓްރީގެ ވާހަކަ އެއްވެސް ރައްޔިތަކު ނުދެއްކުމަށް ކްރިމިނަލްކޯޓުން ނެރުނު އަމުރަކާއި ޚިލާފުވި ކަމަށްބުނެ އަދަދު ނޫހުގެ ނޫސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓު ބޭރުގައި ހުރެ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޯޓުއަމުރު ސާފުކޮށްދިނުމަށާއި އެއީ އުފަލާއި އެކު އެ އަމުރާއި ޚިލާފު ވުމަށް އެދެވޭތީ ކަމަށް. އަދި އެ އަމުރާއި ޚިލާފުވާ މީހުން ލާނެ ގޮޅިތައް ތައްޔާރަށް ހުންނަން ވާނެ ކަމަށާއި ކޯޓަކުން މިވަރުގެ އަމުރެއް ކުރަންވާނީ އެފަދަ ގާބިލްކަމެއް ހުރެގެން ކަމަށާއި ނޫސްވެރިންނާއި އެކު އެމަނިކުފާނުވެސް އެގޮޅީގައި މަޑުކޮށްލަން ހިތް އެދޭކަމަށް.

ޚިޔާލުފާޅުކުރުން

ކޮމެންޓު