އީރާނަށް ދޭ ހަމަލާތަކުގައި ސްޕެއިންގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުން އެމެރިކާއަށް ސްޕެއިނުން މަނާކޮށްފި.
ދުނިޔެ

އީރާނަށް ދޭ ހަމަލާތަކުގައި ސްޕެއިންގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުން އެމެރިކާއަށް ސްޕެއިނުން މަނާކޮށްފި.

ރރާޅު މީޑިއާ
March 2, 2026

އީރާނަށް ދޭ ހަމަލާތަކުގައި ސްޕެއިންގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުން އެމެރިކާއަށް ސްޕެއިނުން މަނާކޮށްފި.

ސްޕެއިންގެ ހާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް މިއަދު ވިދާޅުވީ، ސްޕެއިންގެ ފުރިހަމަ ބާރު ހިނގާ އަސްކަރީ މަރުކަޒުތައް، އެމެރިކާ ނުވަތަ އިސްރާއީލުން އީރާނަށް ދޭ އެއްވެސް ހަމަލާއެއްގައި ބޭނުންނުކުރެވޭނެ ކަމަށް.

މިގޮތަށް ނިންމެވީ އެއީ ދެގައުމުގެ ދެމެދުގައި އޮތް އަސްކަރީ އެއްބަސްވުންތަކާއި އދ. ގެ މުއާހަދާތަކާ ހިލާފު ކަމަކަށްވާތީ ކަމަށް އޭނާ ވިދާޅުވި.

ހަމަލާތައް ފެށުނު ފަހުން، އެމެރިކާގެ 15 މަތިންދާބޯޓު (މީގެ ތެރޭގައި ގިނައީ ތެޔޮ އުފުލާ ޓޭންކަރު ބޯޓުފަހަރު) ވަނީ ރޯޓާ އަދި މޮރޯން މަރުކަޒުތަކުން ފުރައިގެން ގޮސްފައި. ސްޕެއިން ސަރުކާރުން ވަނީ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި.

ޚިޔާލުފާޅުކުރުން

ކޮމެންޓު