އީރާނުގެ އެންމެ މަތީވެރިޔާ : ނަތަންޔާހޫގެ މަރު ޔަގީންކުރައްވައިފި
ދުނިޔެ

އީރާނުގެ އެންމެ މަތީވެރިޔާ : ނަތަންޔާހޫގެ މަރު ޔަގީންކުރައްވައިފި

ރރާޅު މީޑިއާ
March 14, 2026

އީރާނުގެ އެންމެ މަތީވެރިޔާ މުޖްތަބާ ހާމަނާއީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަވަހާރަވެއްޖެ ކަމަށް ޔަގީންކޮށްދޭކަމަށް އެކްސް (ކުރީގެ ޓްވިޓަރ) ގައި ހާމަކުރައްވައިފިއެވެ. މި ޚަބަރު ފެތުރިފައިވަނީ މިހާރުވެސް މެދުއިރުމަތީގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނާއި އިސްރާއީލާ ދެމެދު ވަނީ ދުވަސްވީ ޢަދާވަތެކެވެ.

މުޖްތަބާ ހާމަނާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، " ނަތަންޔާހޫގެ މަރު ޔަގީންކޮށްދޭ" ކަމަށެވެ. އެމަނިކުފާނު މިވާހަކަފުޅު ދެއްކެވީ ކޮން ހެކިތަކެއްގެ މައްޗަށް ބިނާކޮށްކަމެއް ނުވަތަ މިކަމުގެ އިތުރު ތަފްޞީލެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. އީރާނުގެ އެންމެ މަތީވެރިޔާގެ ބަސްފުޅަކަށް ވުމުން، މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، މި ޚަބަރުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤުވާމީ މީޑިއާތަކުން ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް މި ޚަބަރު އިސްރާއީލުގެ ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވަތަ ދޮގުކޮށްފައެއް ނުވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު