
އީރާނުންދެމުންދާ ވަރުގަދަ ހަމަލަތަކުގައި އިޒުރޭލުގެ ދެކުނު އަރަދު ސިޓީގެ ހާލަތު: 20 މަރު، 120 އަށް ވުރެ ގިނަ މީހުން ޒަޚަމް
މިރޭ އިޒުރޭލުގެ ދެކުނު ސަރަހައްދުގައި އޮންނަ އަރަދު ސިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ' މުޅި ސިޓީއަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވެރިވެފައިވާ މި ދަނޑިވަޅުގައި، އެންމެ ފަހުގެ ރިޕޯޓުތައް ދައްކާ ގޮތުގައި އެ ސިޓީން އެކަނި 20 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން 120 އަށް ވުރެ ގިނަ މީހުންނަށް ވަނީ ތަފާތު ބާވަތުގެ ޒަޚަމްތައް ލިބިފައެވެ. މި ހަމަލާތަކުގެ ސަބަބުން ސިޓީގެ އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް އެޅި، އެމަޖެންސީ ހާލަތެއް ވަނީ އިޢުލާނުކޮށްފައެވެ.
ފުރަތަމަ ރިޕޯޓުތައް ބުނާ ގޮތުގައި، މިރޭގެ ވަގުތެއްގައި އަރަދު ސިޓީއަށް ދިން ހަމަލާތަކުގައި ފުރަތަމަ 7 މީހުން މަރުވެފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ ސިޓީގެ ދެ ތިން ސަރަހައްދެއްގައި ހިނގި ހަމަލާތަކެއްގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ހަމަލާތައް ފެށުނު ވަގުތު ސިޓީގައި ތިބި ރައްޔިތުން ތިބީ ވަރަށް ބޮޑަށް ސިއްސައިގެން ގޮސްފައެވެ. ހާލަތު އިތުރަށް ގޯސްވަމުން ދިޔަ ވަރަކަށް، ސަލާމަތީ ބާރުތަކުން ވަނީ ހަމަލާތައް ހުއްޓުވުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ނަމަވެސް، ހަމަލާތަކުގެ ބާރުގަދަކަމާއި އެ ހަމަލާތައް ކުރިއަށް ދިޔަ ވަރަކަށް، މަރުވި މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވެ، މިހާރު ވަނީ 20 އަށް އަރާފައެވެ. މި ހާދިސާގައި 120 އަށް ވުރެ ގިނަ މީހުންނަށް ތަފާތު ބާވަތުގެ ޒަޚަމްތައް ލިބިފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކީ ސީރިއަސް ހާލަތުގައި ތިބި މީހުން ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.
އަރަދު ސިޓީގެ މަގުތަކާއި ހޮސްޕިޓަލުތަކުގެ ހާލަތު ވަނީ ނާޒުކުވެފައެވެ. ހަމަލާތަކުގެ ސަބަބުން އެތައް އިމާރާތަކަށް ގެއްލުން ވެފައިވާއިރު، ބައެއް ތަންތަނުގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. މި ހާދިސާތަކުގެ ސަބަބުން ސިޓީގެ އާންމު ހިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ.
. އެކި ހޮސްޕިޓަލުތަކަށް ޒަޚަމްވި މީހުން ގެންދެވުނުއިރު، އޭގެ ތެރެއިން ގިނަ ބަޔަކަށް ވަނީ އަވަސް ފަރުވާ ދޭން ޖެހިފައެވެ. ހޮސްޕިޓަލުތަކުގެ ބާރުބޮޑުވެ، އެހީތެރިކަމަށް ގޮވާލާފައިވާއިރު، ޑޮކްޓަރުންނާއި ނަރުހުން ދަނީ އެމީހުންގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ގެއްލުންވި ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
މި ހަމަލާތަކުގެ ތަފްސީލުތައް އަދި ފުރިހަމައަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ސަލާމަތީ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ހަމައެކަނި އެއް ހަމަލާއެއް ނޫނެވެ. އެކި ދިމަދިމާލުން ދިން ކަމަށް ބެލެވޭ ހަމަލާތަކެކެވެ.
މި ހާދިސާގެ ސަބަބުން އެތައް ހާސް ރައްޔިތުންގެ ހަޔާތަށް ވަނީ އަސަރުކޮށްފައެވެ. ގިނަ ބަޔަކު ވަނީ އެމީހުންގެ ގެދޮރު ދޫކޮށް އެހެން ތަންތަނަށް ރައްކާތެރިކަމަށް ހޯދުމަށް މަޖުބޫރުވެފައެވެ.



