އީރާނުގެ އެންމެ މަތީ ލީޑަރުގެ މަގާމަށް ސައްޔިދު މުޖްތަބާ ހާމަނާއީ އިންތިހާބުކޮށްފި
ދުނިޔެ

އީރާނުގެ އެންމެ މަތީ ލީޑަރުގެ މަގާމަށް ސައްޔިދު މުޖްތަބާ ހާމަނާއީ އިންތިހާބުކޮށްފި

ރރާޅު މީޑިއާ
March 9, 2026

އީރާނުގެ އެންމެ މަތީ ލީޑަރުގެ މަގާމަށް ސައްޔިދު މުޖްތަބާ ހާމަނާއީ އިންތިހާބުކޮށްފި

އީރާނުގެ ސިޔާސީ މައިދާނަށް ބޮޑު ބަދަލެއް އައިސް، އެ ޤައުމުގެ އެންމެ މަތީ ލީޑަރުގެ މަގާމަށް ކުރީގެ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ދަރިކަލުން ސައްޔިދު މުޖްތަބާ ހާމަނާއީ އިންތިހާބުކުރެވިއްޖެއެވެ. މިކަމަކީ އީރާނުގެ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން، ކުރިންވެސް ވަރަށް ބޮޑަށް ބެލެވިފައި އޮތް ކަމެކެވެ. އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގައި އެންމެ މަތީ ލީޑަރަކީ ޤައުމުގެ ސިޔާސީ، ދީނީ އަދި އަސްކަރީ އެންމެ ބޮޑު ބާރުގެ ވެރިޔާއެވެ. މި މަގާމަކީ ޤައުމުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވާ އެންމެ މުހިންމު މަގާމެވެ.

ސައްޔިދު މުޖުތަބާ އިންތިހާބުކޮށްފައި މިވަނީ ކުރީގެ ލީޑަރު ހާމަނާއީ އެމެރިކާ އަދި އިޒްރޭލް ގުޅިގެން ދިން ވައިގެ ހަމަލަތަކެއްގައި ޝަހީދުކޮށްލުމާއި ގުޅިގެންނެވެ. ސައްޔިދު ހާމަނާއީއަކީ ކުރީގެ ލީޑަރު އަލީ ހާމަނާއީގެ ދަރިކަލުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު