
ހޮރްމޫޒް ކަނޑަށް ރަޝިޔާގެ ލަޝްކަރު: އީރާނުގެ ދިފާއުގައި ޕޫޓިންގެ ވަރުގަދަ އިއުލާން
ރިޕޯޓްތައް ބުނާ ގޮތުގައި، ދުނިޔޭގެ ސިޔާސީ މައިދާނަށް ބޮޑު ކުއްލި ބަދަލެއް ގެނެސްފާނެ ކަމެއްގެ ގޮތުގައި، ރަޝިޔާގެ ލަޝްކަރު ހޮރްމޫޒް ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ވަނީ ހާމަވެފައެވެ. މިކަމުގެ މަގުސަދަކީ އީރާނަށް އެހީތެރިވެ، އެ ގައުމު ދިފާއުކުރުން ކަމަށް ބުނެފައިވެއެވެ.
ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން ވަނީ މިކަމާ ގުޅިގެން ވަރުގަދަ އިއުލާނެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރަޝިޔާ އޮތީ އީރާނާއެކު ސާބިތުވެ ކަމަށާއި، އީރާނުގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް ތައްޔާރަށް އޮތްކަމަށެވެ. ޕޫޓިންގެ މި ބަސްފުޅުތަކުން ދައްކައިދެނީ، ރަޝިޔާ އާއި އީރާނާ ދެމެދު އޮތް ގުޅުން ހަރުދަނާވެފައިވާ މިންވަރާއި، ދެ ގައުމުގެ އަސްކަރީ އަދި ސިޔާސީ ބާރުތައް ގުޅިފައިވާ މިންވަރެވެ.
ހޮރްމޫޒް ކަނޑަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް %20 ދަތުރުކުރާ ސަރަހައްދެކެވެ. މިއީ ތެލާއި ގޭސް އުފައްދާ މައިގަނޑު ގައުމުތަކުން ދުނިޔޭގެ ބާޒާރަށް ތެޔޮ ފޮނުވުމަށް ބޭނުންކުރާ މުހިންމު ކަނޑެވެ. އެހެންކަމުން، މި ސަރަހައްދުގައި އެއްވެސް ބާރެއްގެ އަސްކަރީ ހަރަކާތެއް ހިނގާނަމަ، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ރަޝިޔާގެ ލަޝްކަރު ހޮރްމޫޒް ކަނޑަށް ވަދެފައިވާކަމަށް ބުނެފައިވާއިރު، މި ހަރަކާތްތަކުގެ ތަފްސީލުތަކެއް އަދި ހާމަވެފައެއް ނުވެއެވެ. ނަމަވެސް، މިއީ ކަނޑުގެ ސިފައިންނާއި، އަސްކަރީ މުހިންމު ސާމާނުތައް ހިމެނޭ ބޮޑު ހަރަކާތެއް ކަމަށް ވެދާނެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ރަޝިޔާއިން އީރާނުގެ ދިފާއީ ނިޒާމުތައް ހަރުދަނާކުރުމަށް އެހީތެރިވެދެމުންދާއިރު، މިކަމުގެ ތެރެއިން މި ސަރަހައްދަށް އަސްކަރީ ވަސީލަތްތައް ގެނެސްފައި ހުރެދާނެއެވެ. މި ހަރަކާތްތަކުގެ ސަބަބުން، ހޮރްމޫޒް ކަނޑުގެ ސަލާމަތީ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެކަމަށް ބެލެވެއެވެ.
ރަޝިޔާގެ މި ހަރަކާތްތަކަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް، އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެއެވެ.
ރަޝިޔާއިންވަނީ މިކަމަށް އެއްވެސް ފަރުވާލެއް ނެތްކަން އިއުލާން ކޮށްފައިކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ އީރާނުން އެމެރިކާ އިޒްރޭލާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އީރާނެކޭ އެއްގޮތަށް ރަސިޔާ އަދި ޗައިނާއަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެތީކަމަށް ރިޕޯޓުތައްބުނެއެވެ.



