ޓްރަމްޕްގެ އިންޒާރަށް ރަޝިޔާ އާއި އީރާނުގެ  ރައްދު: ނަރަކައަކަށް ވާނަމަ ވާނީ އެމެރިކާއާއި އިޒްރޭލް
ދުނިޔެ

ޓްރަމްޕްގެ އިންޒާރަށް ރަޝިޔާ އާއި އީރާނުގެ ރައްދު: ނަރަކައަކަށް ވާނަމަ ވާނީ އެމެރިކާއާއި އިޒްރޭލް

ރރާޅު މީޑިއާ
April 6, 2026

މިހާރު ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ އެއް ސަރަހައްދަކީ ޕަރޝިއަން ގަލްފާއި އިންޑިއާ ކަނޑު ގުޅުވައިދޭ މުހިންމު ހޮރްމުޒް ކަނޑުއޮޅިއެވެ. މި ސަރަހައްދުގައި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ހޫނުކަން ބޮޑުވެ، ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި 48 ގަޑިއިރުގެ ހަރުކަށި އިންޒާރަކާ އެކު، ރަޝިޔާއިން ވަނީ އީރާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި 35 މަނަވަރު މި ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ބައިނަލްއަޤުވާމީ ރިޕޯޓުތައް ބުނެއެވެ. މިއީ އެމެރިކާއަށް ދެވުނު ސީދާ ރައްދަކަށް ވާއިރު، އީރާނުން ވެސް ވަނީ ޓްރަމްޕްގެ އިންޒާރަށް ފިނި ޖަވާބެއް ދީފައެވެ.

ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ މުވާސަލާތީ މައި ނާރު ކަމުގައި ބެލެވެއެވެ. ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ ތެލުގެ %20 އާއި %30 އާ ދެމެދުގެ އަދަދެއް މި ކަނޑުއޮޅި މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވައެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާ، އީރާން، އިރާޤު، ކުވައިތު އަދި ޔޫއޭއީ ފަދަ ތެޔޮ އުފައްދާ މުހިންމު ގައުމުތަކުގެ ތެޔޮ ހިމެނެއެވެ. އެހެންކަމުން، މި ކަނޑުއޮޅި ބަންދުވެއްޖެނަމަ ނުވަތަ މި ސަރަހައްދުގައި ހަމަނުޖެހުންތަކެއް ހިނގައިފިނަމަ، ދުނިޔޭގެ ތެލުގެ އަގުތައް އިންތިހާއަށް އުފުލި، ގައުމުތަކުގެ އިޤްތިޞާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެއެވެ. އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމާގުޅިގެން، އީރާނުން ވަނީ ހޮރްމުޒް ބަންދުކޮށްލާނެ ކަމަށް ވަރަށް ގިނަ ފަހަރު އިންޒާރު ދީފައެވެ. މިކަމުގެ ސަބަބުން މި ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުގައި ވަނީ، 48 ގަޑިއިރު ތެރޭގައި ހޮރްމުޒް ކަނޑުއޮޅި ހުޅުވާނުލައިފިނަމަ، އީރާން ނަރަކައަށް ހާދާލާނެ ކަމުގައެވެ. ނަމަވެސް އީރާނުންވަނީ ރައްދުގައި ހޮރްމުޒް ނުހުޅުވޭނެ ކަމަށާއި އަދި ދޭ ކޮންމެ ހަމަލައަކަށް ރައްދު ދޭނެކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި މިހާތަނަށް ހަމަލަނުދޭ އެމެރިކާގެ އަމާޒުތަކަށް މިފަހަރުގެ ހަމަލަތައް އަމާޒު ކުރާނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދެއްވާފައެވެ. އަދި ހަމަލަތަކުން ނަރަކައަކަށް ވާނަމަ ވާނީ އިޒްރޭލް އާއި އެމެރިކާ ކަމަށް އާރާނުންވަނީ އިންޒާރު ދެއްވާފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު