ނަތަންޔާހޫ އާއި އޭނާގެ އަނބިކަނބަލުން އަދި ޑިފެންސް މިނިސްޓަރު އީރާނުގެ ހަމަލާއެއްގައި މަރުވި ކަމަށް ރިޕޯޓުތައް
ދުނިޔެ

ނަތަންޔާހޫ އާއި އޭނާގެ އަނބިކަނބަލުން އަދި ޑިފެންސް މިނިސްޓަރު އީރާނުގެ ހަމަލާއެއްގައި މަރުވި ކަމަށް ރިޕޯޓުތައް

ރރާޅު މީޑިއާ
March 15, 2026

މެދުއިރުމަތީގެ ސިޔާސީ މަސްރަހަށް ބޮޑު ގުޑުމެއް އެޅުވައިފާނެ ކަމަށް ބެލެވޭ، ހައިރާންކުރުވަނިވި ރިޕޯޓުތަކެއް މިހާރު ދަނީ ފެތުރެމުންނެވެ. އެ ރިޕޯޓުތަކުގައި ބުނާ ގޮތުން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވަނީ އީރާނުން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި މަރާލާފައެވެ. ނަމަވެސް، މި ރިޕޯޓުތަކަކީ މިހާތަނަށް އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރުކޮށްދީފައިވާ މައުލޫމާތެއް ނޫނެވެ. އަދި މިކަމާ ގުޅޭގޮތުން އިޒްރޭލުންއެއްވެސް އެއްޗެއް ބުނަފައެއް ނުވެއެވެ. ނަމަވެސް އީރާނުން ވަނީ ނަތަންޔާހޫ އާއި އެކު އިޒްރޭލްގެ ގިނަ މިނިސްޓަރުންނާއި އަދި އިސްސަފުގައި ހަރަކާތްތެރިވި ގިނަ ބަޔަކު މަރާލެވިފައި ވާކަމަށް ޔަގީންކޮށްދޭކަމަށް ބުނެފައެވެ.

ފެތުރެމުންދާ ރިޕޯޓުތައް ބުނާ ގޮތުން، މި ހަމަލާތައް ދީފައިވަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކަށް އީރާނުން ދިން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއްގެ ތެރެއިންނެވެ. މި ހަމަލާތަކުގެ އަމާޒަކީ އިޒްރޭލުގެ މުހިންމު ސަރަހައްދުތަކާއި، އަސްކަރީ މަރުކަޒުތަކާއި، ސަރުކާރުގެ އިސްވެރިން ތިބި ތަންތަން ކަމަށް ބެލެވެއެވެ. ރިޕޯޓުތަކުގައި ނަތަންޔާހޫ އާއި އޭނާގެ އަނބިކަނބަލުން އަދި ޑިފެންސް މިނިސްޓަރު ނިސްބަތްވާ ވަކި ތަނެއް ނުވަތަ ސަރަހައްދެއް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމުގެ ތަފްސީލުތައް އަދި ހާމައެއް ނުވެއެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، އިޒްރޭލުގެ ސަލާމަތީ ދިފާއީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

މި ރިޕޯޓުތައް ފެތުރިފައި މިވަނީ މެދުއިރުމަތީގައި އީރާނާއި އިޒްރޭލާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މިހާރުވެސް ދެ ގައުމުން ވަނީ އެކި ގޮތްގޮތުން ހަމަލާތައް ބަދަލުކޮށްފައެވެ. އީރާނުން އަބަދުވެސް ވަނީ އިޒްރޭލުގެ ސިޔާދަތަށް ނުރައްކާވާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. އަދި އިޒްރޭލުން ވެސް އީރާނުގެ ނިއުކުލިއާ ޕްރޮގްރާމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެގައުމުގެ ސަލާމަތަށް އޮތް ބިރެއްގެ ގޮތުގައި އީރާން ސިފަކޮށްފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު