މަރުތަކާއި  އެކު  އުފެދޭ  ސުވާލުަތައް:  އިބުރަތް  ހާސިލްކުރަން  ޖެހޭ
ލަަައިފްސްޓައިލް

މަރުތަކާއި އެކު އުފެދޭ ސުވާލުަތައް: އިބުރަތް ހާސިލްކުރަން ޖެހޭ

ނނާޒިމް
May 17, 2026

●ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާލަން އަގުބޮޑުކޮށް ޓިކެޓު ގަނެގެން އިޓަލީއިން ރާއްޖެ އައިއިރު މިއައީ މަރާ ބައްދަލުކުރަން ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟

●އެތައް އަހަރެއްގެ ޒަމާންވީ ތަޖުރިބާ އާއެކު، މޫދަށް 5 މީހުން އެކުގައި ފޭބިއިރު 5 މީހުންގެ ފުރާނަ، މަލަކަލްމައުތު ހިއްޕަވާނީ ކަނޑުގެ 60 މީޓަރު އަޑިން ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟

●ޔެލޯ އެލާރޓް ނެރެފަ ވަނިކޮށް އެ މީހުން ހޯދަން ދަަތުރު ހަދައިގެން، މާލެއިން ވާވު އަތޮޅަށް ފުރިއިރު ސިފައިންގެ ޑައިވަރުންގެ ޓީމަށް އޭގެން މީހެއްގެ އަޖަލު ލިޔެވިފަ ވަނީ އެ ދަތުރުގައި ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ ؟

●މިއަދު އެ ނިޔާވީ ނުރައްކާތެރި އެތައް ހާދިސާއެއްގައި ފީނި، ރާއްޖޭގެ އެންމެ މޮޅު އެއް ޑައިވަރު ކަމުގައިވާ ސިފައިންގެ މީހާއަށް މަރާ ބައްދަލުވާނީ ހަމަ އެ "ހޮހޮޅައިގެ ޓާސްކު"ގެ ތެރެއިން ކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ ؟

މިއީ ހައްތަހާވެސް އުފެދޭ ސުވާލެވެ. މި ނޫނަސް އެތައް ހިތާމަވެރި ހާދިސާތައް މި ކުޑަ ގައުމުގައި ހިނގަމުން ދާކަމީ ފެންނަން އޮތް ހަގީގަތެވެ. ކަނޑުމަތީގަޔާއި އެއްގަމުގައި ކުއްލި މަރުތަކާއި އެކި ބަލިތަކުގައިވެސް އެތައް ބަޔަކު މަރުވަމުން ދާއިރު މިކަމާއި ވިސްނަނީ ކިތައް މީހުން ހެއްޔެވެ.

●އެކުވެރިންނޭ!

މަރަކީ އެފަދަ އެއްޗެއް. ލިޔެވިފަވާ ވަގުތަށް، ލިޔެވިފަވާ ތަނުަ ތިބާއާއި މަލަކަލްމައުތު ބައްދަލުވުމަކީ ފަސްކޮށްލެވޭނެ "ބައްދަލުވުމެއް" ނޫނެވެ.

ހަޔާތުގައި އެއްފަހަރު އަންނާނެ، ތަނާއި ވަގުތާ ނޭނގޭ ކުއްލި އެވަގުތަށް ތައްޔާރުވުން ނޫންގޮތެއް ނިކަމެތި އިންސާނާއަކަށް ނުވޭ. ބުއްދިވެރިންނަކީ އެ ވަގުތަށް ތައްޔާރުވާ މީހާއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު