ރަޝިޔާއަކީ އިސްލާމީ ޖުމްހޫރިއްޔާގެ އިތުބާރުހުރި ބައިވެރިއެއްކަން ޔަގީންކޮށްދެމުން އީރާންގެ ސްޕްރީމް ލީޑަރު މުޖުތަބާއަށް ޕުޓިންގެ މަރުހަބާ ދަންނަވައިފި
ދުނިޔެ

ރަޝިޔާއަކީ އިސްލާމީ ޖުމްހޫރިއްޔާގެ އިތުބާރުހުރި ބައިވެރިއެއްކަން ޔަގީންކޮށްދެމުން އީރާންގެ ސްޕްރީމް ލީޑަރު މުޖުތަބާއަށް ޕުޓިންގެ މަރުހަބާ ދަންނަވައިފި

ރރާޅު މީޑިއާ
March 10, 2026

އީރާނުގެ އާ ރޫޙާނީ ލީޑަރުގެ މަޤާމާ މުޖްތަބާ ޚާމަނާއީ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން މަރުޙަބާ ވިދާޅުވެއްޖެއެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޚާމަނާއީ އައްޔަނު ކުރެއްވުމާ ގުޅިގެން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން މަރުޙަބާގެ މެސެޖެއް ފޮނުއްވާފައިވާ ކަމަށް ކްރެމްލިންއިން ހޯމަ ދުވަހު ވަނީ ހާމަކޮށްފައެވެ.

ކްރެމްލިންއިން ނެރުނު ބަޔާނުގައިވާ ގޮތުން ޕޫޓިން ވިދާޅުވީ، އީރާނަށް ހަތިޔާރު އެޅި ހަމަލާތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެފަދަ މަތީ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑު ހިތްވަރަކާއި ފިދާވުމެއް ބޭނުންވާނެ ކަމަށެވެ. އަދި މުޖްތަބާ އޭނާގެ ބައްޕާފުޅުގެ މަސައްކަތްޕުޅު ފުރިހަމަ ގޮތުގައި ކުރިއަށް ގެންދަވައި، ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އީރާނުގެ ރައްޔިތުން އެކަތިގަނޑަކަށް ހައްދަވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

މީގެ އިތުރުން، މޮސްކޯއިން ތެހެރާނަށް ދޭ އެއްބާރުލުން އައުކުރައްވަމުން، ރަޝިޔާއަކީ އަބަދުވެސް އީރާނުގެ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޕޫޓިން ވަނީ ދެއްވާފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު