ޚަބަރު އިރާނަށް ބޮޑު ކާމިޔާބެއް، އަބްރަހަމް ލިންކަންއަށް 4 ބެލިސްޓިކް މިސައިލް އަމާޒް ކޮށްލައިފި
ދުނިޔެ

ޚަބަރު އިރާނަށް ބޮޑު ކާމިޔާބެއް، އަބްރަހަމް ލިންކަންއަށް 4 ބެލިސްޓިކް މިސައިލް އަމާޒް ކޮށްލައިފި

ރރާޅު މީޑިއާ
March 3, 2026

އީރާނުގެ ރޫހީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާ އާއި އިޒްރޭލުގެ ވައިގެ ހަމަލާތަކެއްގައި އަވަހާރަކޮށްލުމާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ މަތިންދާބޯޓު އުފުލާ އެންމެ ބޮޑު އެއް މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން އަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބުނެފި އެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރިވޮލިއުޝަނަރީ ގާޑްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު އަބްރަހަމް ލިންކަން އަށް ހަތަރު ބެލިސްޓިކް މިސައިލް ހަމަލާ އަމާޒުވެފައިވާ ކަމަށެވެ. އަދި މި ހަމަލާއާއެކު އެ ގައުމުން ވަނީ ޓެރަރިސްޓް އިސްތިއުމާރީންނަށް ބިމާއި ކަނޑުވެސް ވެގެންދާނީ އެމީހުންގެ ގަބުރުސްތާނަށް ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ޔޫއެސްއެސް އަބްރަހަމް ލިންކަން އަކީ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އަރަބި ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ މަނަވަރެކެވެ. މި މަނަވަރަކީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު ދެއްކުމަށް ބޭނުންކުރާ މުހިންމު ވަސީލަތެކެވެ.

އީރާނުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، މި ހަމަލާއާއި ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އެ މަނަވަރަށް ހަމަލާދިން ނަމަވެސް އެމީޙުންގެ އޮޕަރޭޝަނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފަ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު