އެމްޑީޕީގެ ތެރޭގައި އުފެދުނު ހިލާފްތައް ހަމަޔަކަށް އެޅުވުމަށް ފައްޔާޒް ކުރި މަސައްކަތަކަށް ނަޝީދުގެ ތައުރީފް
ސިޔާސީ

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިލާފްތައް ހަމަޔަކަށް އެޅުވުމަށް ފައްޔާޒް ކުރި މަސައްކަތަކަށް ނަޝީދުގެ ތައުރީފް

އއައިނީ
April 11, 2026

ކައުންސިލް އިންތިހާބަށް ފަހު އެމްޑީޕީ ލީޑާޝިޕްގެ ބޭފުޅުންގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދުމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަށް ޝުކުރު އަދާކޮށްފިއެވެ.

އެމްޑީޕީން އާޓީފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ޕާޓީގެ ލީޑަޝިޕުން ނުދިން މައްސަލަ ވަރަށް ބޮޑަށް ހޫނުވިއެވެ. އަދި އެމްޑީޕީ ލީޑާޝިޕްގެ ބޭފުޅުންގެ ތެރޭގައި ހިޔާލުތަފާތުތަކެއް އުފެދިގެން ދިޔައެވެ.

އެ މައްސަލައާއި ގުޅޭގޮތުން ރޭ ހިންނަވަރުގައި ބޭއްވި އިވެންޓެއްގައި ރައީސް ސޯލިހް ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ޖެހުނު މައްސަލައާއެކު، ޕާޓީގެ ހުރިހާ ލީޑަރުން މަޝްވަރާކޮށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ނަޝީދުގެ ޕޯސްޓްގައި ވަނީ ރައީސް ސޯލިހަށާއި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދަށްވެސް މަރުހަބާ ވިދާޅުވެފައެވެ. އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ފުރުސަތު ނުދިން މައްސަލާގައި ގަޕޯ މަޤާމުން ވަކިކުރުމަށް އެޕާޓީގެ ގައުމީ މަޖިލީހުގެ 55 މެންބަރުން ސޮއިކޮށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. މި މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމެއް ހޯމަ ދުވަހު ބާއްވަން ނިންމާ އެކަން ގައުމީ މަޖިލީހުގެ މެމްބަރުންނަށް ވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން ގަޕޯ ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަޤާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ކުރިއަށް ގެންދަންވީކަމަށެވެ. 

އެމްޑީޕީގެ އެތެރޭގެ ހިޔާލްތަފާތުވުންތައް ނައްތާލެވިއްޖެކަން ފާހަގަކުރައްވަމުން ހިންނަވަރުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ، އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުންނާނީ ޕާޓީގެ ލީޑަރޝިޕް އެކަތިގަނޑަކަށް ވެގެން ކަމަށެވެ. 

 

ޚިޔާލުފާޅުކުރުން

ކޮމެންޓު