
އިރާނުގެ އާ ސުޕްރީމް ލީޑަރަށް މުޖުތަބާ ޚާމަނާޢީ، އިޒުރޭލަށް ވަރުގަދަ އިންޒާރެއް ދެއްވައިފި: ތެލް އަވީވް ސެޓެލައިޓް މަރުކަޒު ބިމާހަމަކޮށް އެންމެ ފަހުގެ މިސައިލް ރިލީޒްކޮށްފި
އީރާނުގެ ސިޔާސީ މައިދާނަށް ބޮޑު ބަދަލެއް އައިސްފިއެވެ. ގައުމުގެ އެންމެ މަތީ ލީޑަރުގެ މަގާމަށް އާޔަތުﷲ މުޖުތަބާ ޚާމަނާޢީ ހަވާލުވެވަޑައިގެންފިއެވެ. އެމަނިކުފާނު މި މަގާމާއި ހަވާލުވެވަޑައިގަތީ، އިޒުރޭލާއި ދެކޮޅަށް ވަރުގަދަ ބަދަލު ހިފުމުގެ އިންޒާރެއް ދެއްވަމުންނެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު މި ފެއްޓީ، އިޒުރޭލްގެ ތެލް އަވީވް ސެޓެލައިޓް ކޮމިއުނިކޭޝަންސް ސެންޓަރަށް ހަމަލާދީ ބިމާ ހަމަކޮށްލުމާއި، އީރާނުން އުފެއްދި އެންމެ ފަހުގެ މިސައިލްތައް އާއްމުކޮށްފިކަމުގެ ޚަބަރާ އެކުގައެވެ.
އިރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާޢީގެ ފަހުން އެމަނިކުފާނުގެ ދަރިކަލުން އާޔަތުﷲ މުޖުތަބާ ޚާމަނާޢީ މި މަގާމާއި ހަވާލުވެވަޑައިގަތުމާއެކު ދެއްވި ފުރަތަމަ ބަސްފުޅުތަކުގެ ތެރޭގައި، އިޒުރޭލާއި ދެކޮޅަށް ވަރުގަދަ އިންޒާރެއް ހިމެނެއެވެ. މުޖުތަބާ ޚާމަނާޢީ ވިދާޅުވީ، އެމަނިކުފާނުގެ އާއިލާއަށް ދިން ގެއްލުމުގެ ބަދަލު ނުހިފާނެ ކަމަށް ހީނުކުރުމަށެވެ. އީރާނުގެ ރައްދުގައި އިޒުރޭލަށް ވަރުގަދަ ފިލާވަޅެއް ދިނުމަށް ތައްޔާރުކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ ހަރުކަށި ބަސްފުޅުތަކުން ދައްކުވައިދެނީ، އީރާނުގެ އާ ލީޑަރުގެ ސިޔާސަތުތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުކަށި ވެގެންދާނެ ކަމެވެ.
އީރާނުގެ އާ ލީޑަރުގެ ވެރިކަމުގެ ފެށުން ފާހަގަވެގެން ދިޔައީ އަސްކަރީ ބާރު ދައްކުވައިލުމާއެކުގައެވެ. އިޒުރޭލަށް ދޭން ތައްޔާރުކުރެވުނު އެންމެ ފަހުގެ މިސައިލްތައް ވަނީ ރިލީޒްކޮށްފައެވެ. މި މިސައިލްތަކަކީ އީރާނުގެ އަސްކަރީ އުފެއްދުންތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ބާވަތުގެ މިސައިލްތަކެކެވެ. މީގެ އިތުރުން، ތެލް އަވީވްގައި ހުންނަ އިޒުރޭލްގެ ސެޓެލައިޓް ކޮމިއުނިކޭޝަންސް ސެންޓަރަށް ރޭ ދިން ވަރުގަދަ ހަމަލާއަކަށް ފަހު އެ ސެންޓަރު ބިމާހަމަވެފައިވާ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ. މި ހަމަލާއަކީ އީރާނުން ދިން ހަމަލާއެކެވެ. މިކަމުގެ ސަބަބުން މި ސަރަހައްދުގެ ސަލާމަތީ ކަންކަމަށް އާ ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. ތެލް އަވީވްގެ މުހިންމު މަރުކަޒަކަށް މިފަދަ ހަމަލާއެއް ދިނުމަކީ އިޒުރޭލްގެ ދިފާއީ ނިޒާމަށް ދެވުނު ވަރުގަދަ ހަމަލާއެއް ކަމަށް ބައިނަލްއަގުވާމީ މާހިރުން ދަނީ ސިފަކުރަމުންނެވެ.
އީރާނުން މިކަމުގެ ސަބަބުން ދުނިޔެއަށް ދައްކުވައިދެނީ އެ ގައުމުގެ އަސްކަރީ ބާރާއި، އެއްވެސް ފަރާތަކަށް އެ ގައުމުގެ ކަންކަމަށް ނުފޫޒު ނުފޯރުވޭނެ ކަމުގެ ހަރުކަށި މެސެޖެކެވެ. މި ހާދިސާގެ ސަބަބުން އިސްލާމީ ގައުމުތަކުގެ މެދުގައިވެސް ތަފާތު ރައްދުތައް ފެންނަމުންދާއިރު، ބައެއް ގައުމުތަކުން އީރާނުގެ މި އަމަލުތަކަށް ތާއީދުކުރާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި ހާލަތުގައި މުޖުތަބާ ޚާމަނާޢީ ވަނީ ދީނީ ރޫހެއްގައި ވާހަކަ ދައްކަވާފައެވެ. މިއީ މުސްލިމުން އެއްބައިވަންތަވެ މުސްލިމުންގެ ބާރު ދުނިޔެއަށް ދައްކަންވި ވަގުތުކަން އެމަނިކުފާނުވަނީ ހާމަކުރައްވާފަ އެވެ.



