ޝަހީދު އަލީ ލާރިޖާނީގެ އެންމެ ފަހުގެ ވަސިއްޔަތް: މުޅި އިސްލާމީ އުންމަތް އެއްބައިވަންތަވާންޖެހޭ
ދުނިޔެ

ޝަހީދު އަލީ ލާރިޖާނީގެ އެންމެ ފަހުގެ ވަސިއްޔަތް: މުޅި އިސްލާމީ އުންމަތް އެއްބައިވަންތަވާންޖެހޭ

ރރާޅު މީޑިއާ
March 18, 2026

ޝަހީދު އަލީ ލާރިޖާނީގެ އެންމެ ފަހުގެ ވަސިއްޔަތް ވަނީ ދުނިޔޭގެ މުސްލިމް ޖަމާޢަތްތަކަށާއި ސަރުކާރުތަކަށް މުޚާޠަބުކޮށް ހަ ނުކުތާގެ މެސެޖެއް ނެރެފައެވެ

✅އީރާނަށް އެމެރިކާއާއި އިސްރާއީލުން ހަމަލާދީ އެގައުމު ބަލިކަށިކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން މުހިއްމު ކޮމާންޑަރަކާއި އާންމުން މަރުވި ނަމަވެސް އީރާނުން ވަރުގަދައަށް ދިފާއުގައި ހަނގުރާމަ ކުރާނެއެވެ.

✅އިސްލާމީ ގިނަ ޤައުމުތަކުން އީރާނަށް ތާއީދު ނުކުރި ނަމަވެސް އީރާނުގެ ރައްޔިތުން ކާމިޔާބުކަމާއެކު އެމީހުންގެ ޤައުމު ދިފާޢު ކުރާނެއެވެ.

✅އެމެރިކާއާއި އިސްރާއީލުން މުސްލިމް ގައުމުތަކުގައި ހިންގާ ޖަރީމާތަކަށް ދެކޮޅުހެދުމަށް އީރާނުން ދެމިއޮތްއިރު، އެކުވެރި މުސްލިމުންގެ އެހީތެރިކަމަށް ގޮވާލުންތަކަށް އަޅާނުލާ ތިބީއެވެ.

✅ބައެއް ޤައުމުތަކުން އެމީހުންގެ ބިމުގައި އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތު އަމާޒުކޮށްގެން އީރާނަކީ އެމީހުންގެ ދުޝްމަނެއްގެ ގޮތުގައި ލޭބަލް ކުރާ ނަމަވެސް އީރާނުން ދެކެނީ މާދަމާ ތިޔަ ގައުމުތަކަށް މިކަކަން ބަރުދާސްތުކުރަން ޖެހޭނެއެވެ

✅ އެމެރިކާއާއި އިސްރާއީލަށް އިތުބާރު ނުކުރެވޭނެ އެވެ. އެއީ ދުޝްމަނުންނެވެ އެވެ.

✅މުސްލިމް ޤައުމުތަކުގެ މެދުގައި ޙަޤީޤީ އެއްބައިވަންތަކަމަކީ އެންމެންގެ އަމާންކަމާއި ކުރިއެރުމާއި މިނިވަންކަން ކަށަވަރުކޮށްދޭ ކަމެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު