އެފްއޭ ކަޕުގެ ކުއާޓާގައި ސިޓީ އާއި ލިވަޕޫލްގެ ކުރިމަތިލުމެއް
ކުޅިވަރު

އެފްއޭ ކަޕުގެ ކުއާޓާގައި ސިޓީ އާއި ލިވަޕޫލްގެ ކުރިމަތިލުމެއް

ރރާޅު މީޑިއާ
March 10, 2026

އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގެ ގުރު ނެގިއިރު، ކުއާޓާގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެއެވެ.

ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ވެގެންދާނީ މިފަހަރުގެ ކުއާޓާ ފައިނަލުގެ ހަތަރު މެޗުގެ ތެރެއިން އެންމެ ފޯރިގަދަ މެޗަށެވެ. މިދިޔަ މަހުގައި މި ދެ ޓީމު ބައްދަލުކުރިއިރު، ސިޓީން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހުވެސް ސިޓީން ވަނީ ލިވަޕޫލްގެ މައްޗަށް ކުރިހޯދާފައެވެ.

ރެކޯޑު އަދަދެއް ކަމަށްވާ 14 ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާސެނަލް ބައްދަލުކުރަން ޖެހެނީ ދެވަނަ ޑިވިޝަނުގެ އަށް ވަނައިގައި އޮތް ސައުތެމްޓަން އާއެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އެ މެޗުން 2-1 ގެ ނަތީޖާއަކުން މޮޅުވީ އާސެނަލް އެވެ. 

ކުއާޓާގައި ޗެލްސީ ބައްދަލުކުރަން ޖެހެނީ ސަންޑަލެންޑް ބަލިކުރުމަށްފަހު ކުއާޓާ އިން ޖާގަ ހޯދި، ތިންވަނަ ޑިވިޝަނުގެ ޕޯޓް ވޭލް އާއެވެ. ޕޯޓް ވެލް އަކީ މިވަގުތު މުބާރާތުގައި އޮތް އެންމެ ދަށް ފަންތީގެ ޓީމެވެ. މިއީ 1929 ވަނަ އަހަރުގެ ފަހުން މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު