ވޯލްޑްކަޕް ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް މެސީ ހޮވިއްޖެ
ކުޅިވަރު

ވޯލްޑްކަޕް ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް މެސީ ހޮވިއްޖެ

ނނާޒިމް
June 18, 2026

މެސީ މިހާރު ވަނީ 16 ގޯލު ޖަހާފަ. ޖަރުމަނުގެ ކްލޯސޭ ވެސް ޖަހާފައި ވަނީ 16 ގޯލް. ބުރެޒިލްގެ ރޮނާލްޑޯ ޖެހީ 15 ގޯލް. ޖަރުމަނުގެ މުލާ އާއި ފްރާންސްގެ އެމްބާޕޭ ޖެހީ 14 ގޯލް.

ވޯލްޑްކަޕް ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް މެސީ ހޮވިއްޖެއެވެ. މިއަދު ޖެހި 3 ގޯލާއި އެކު އޭނާ މިހާރު ވަނީ 16 ގޯލު ޖަހާފައެވެ.

ޖަރުމަނުގެ ކްލޯސޭ ވެސް ޖަހާފައި ވަނީ 16 ގޯލެވެ. އެހެންކަމުން އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ކްލޯސޭ އަކީ ވޯލްޑްކަޕްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންނެވެ.

މި ލިސްޓުގައި ދެން އުޅޭ ބުރެޒިލްގެ ރޮނާލްޑޯ ޖެހީ 15 ގޯލެވެ. އޭނާ އާއި އެންމެ ކައިރިކުރާ ޖަރުމަނުގެ މުލާ އާއި ފްރާންސްގެ އެމްބާޕޭ ޖެހީ 14 ގޯލެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު