
އީރާނާއި ހިޒްބުﷲގެ ވަރުގަދަ ހަމަލާތަކުން އިޒްރޭލަށް ބޮޑެތި ގެއްލުންތައް
ރޭގެ ވަގުތުތަކުގައި އީރާނާއި ލުބްނާނަށް ނިސްބަތްވާ ހިޒްބުﷲ ޖަމާއަތުން އިޒްރޭލަށް ދިން ބޮޑެތި އަސްކަރީ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވެ، އިޒްރޭލަށް ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ސަރަޙައްދުން ލިބޭ ރިޕޯޓުތަކުން ދައްކައިފިއެވެ. މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން ވަނީ އިންތިހާއަށް ގަދަވެފައެވެ.
ރޭގެ މެންދަމުން އަލިވުމާ ހަމައަށް ދިގުދެމިގެންދިޔަ މި ހަމަލާތަކުގައި، އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް ގިނަ ޢަދަދެއްގެ މިސައިލާއި ޑްރޯން ފޮނުވާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެއެވެ. މަންޒަރު ދުން މީހުންނާއި ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިސައިލާއި ޑްރޯންތައް ހަމަލާދިން އިރު، ގޮވުންތަކުގެ އަޑު ގުގުމާލައިފައިވާއިރު، އުޑުމަތި ވަނީ ގިނަ އިރުތަކެއް ވަންދެން އަލިކަމުން ދިއްލިފައެވެ. "އިޒްރޭލުގެ އުޑުމަތި ތަރިތަކަށްވުރެ ގިނަ އަލިތަކުން ދިއްލިދައި އޮތް" ކަމަށް އެއް ހެކިވެރިޔަކު ސިފަކޮށްފައިވެއެވެ. މި ހަމަލާތަކުގެ ތެރޭގައި ސިފައިންގެ މަރުކަޒުތަކާއި، ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން، ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށްވެސް އަމާޒުކޮށްފައިވާ ކަމަށް ބެލެވެއެވެ.
މި ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ލިބިފައިވާ ގެއްލުންތައް ވަރަށް ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެތައް ޢިމާރާތްތަކަކަށް ވަނީ ބިމާއި ހަމަވެ އަނެއްބައި އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތައް ބަޔެއްގެ ގެދޮރު ހަލާކުވެފައެވެ. އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ކަމަށާއި، ކަރަންޓުގެ ހިދުމަތަށް ބުރޫއަރައިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މިހާތަނަށް ލިބިފައިވާ ރިޕޯޓުތަކަށް ބަލާއިރު، މި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު، ޒަހަމްވި މީހުންގެ ޢަދަދު ވަރަށް ގިނައެވެ. އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި އެސަރަޙައްދުގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ވަނީ ބާރުބޮޑުވެފައެވެ. ބައެއް ހޮސްޕިޓަލުތަކުން ވަނީ އެމެޖެންސީ ހާލަތު އިޢުލާނުކޮށްފައެވެ. މަރުވި އަދި ޒަހަމްވި މީހުންގެ ތެރޭގައި ޢާންމު ރައްޔިތުންނާއި އަސްކަރީ މީހުންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.



