މަފާޒް އެހެން ކުދިން އުޅޭގޮތައް އުޅެން ބޭނުންވޭ، ބޭނުންވަނީ ދީލަތި އެހީއެއް
ސިއްޙަތު

މަފާޒް އެހެން ކުދިން އުޅޭގޮތައް އުޅެން ބޭނުންވޭ، ބޭނުންވަނީ ދީލަތި އެހީއެއް

އއައިނީ
March 26, 2026

އެތައްބައެއްގެ އެހީތެރިކަމާއިއެކު މަފާޒު ފަރުވާ ހޯދަނީ ބެންކޮކްއިންނެވެ. މަފާޒުގެ ބަލީގެ އަސްލު ފަރުވާ ލިބެން އޮތީވެސް ބެންކޮކްއިންނެވެ. މާލޭގައި، އާންމު ދިރިއުޅުމެއްގައި އުޅެމުންދާ މަފާޒުގެ އާއިލާ އަށް ވަނީ ވަރަށްބޮޑު
މަފާޒަށް ބޭނުންވަނީ ދީލަތި އެހީއެއް:
މާތް ﷲ އަށްޓަކާ ވެވޭ ހޭދައަކީ މާދަމާވެސް ތިބާއަށް ރަހްމަތެއް ކަމުގަވާނެ
މަފާޒަށް އެހީވުމަށް:
ބައްޕަ: މައުސޫމް ހަސަން
(RF) 7712216293101
(USD) 7730000435922

އެއީ ކުޑައިރުއްސުރެ އޭނާ އުފަލަމުންދާ ތަކްލީފެވެ. އަދިވެސް އޭނާ އުފުލަންޖެހިފައިވަނީ އެ ތަކްލީފެވެ. މަފާޒް މައުސޫމްގެ އަބަދުވެސް ވާހަކައަކީ އެހެން ކުދިން އުޅޭގޮތައް އުޅެން ބޭނުންވާ ވާހަކައެވެ. އެހެން ކުދިން ކުޅޭގޮތައް ފުޓުބޯޅަވެސް ކުޅެން ބޭނުންވާ ކަމަށެވެ. ނަމަވެސް މަފާޒަށް އޮތް ހުރަހަކީ އޭނާ ލޮލަށް ޖެހިފައިވާ ރެޓް ކޯނިއާ ބަލީގެ ސަބަބުން އާންމުން އުޅޭ ގޮތަށް އުޅެން އުދަގޫވަނީއެވެ.
މި ބައްޔަށް ޑައެގްނޯސިސްވި ހިސާބުންވެސް މަފާޒަށް ބޭރަށް ނުކުމެ އުޅެން ފަސޭހައެއް ނޫނެވެ. ހިރަފުހާއި ގަސްގަހުގެ މަލަސްވެސް މަފާޒު އެލާޖިކް ވެއެވެ. އިރުގެ އަލީގައި އުޅެން ފަސޭހައެއް ނޫނެވެ. އަބަދުވެސް އޮންނަން ބޭނުންވަނީ އަދިރީގައެވެ. ޑޮކްޓަރުން ބުނަނީ ކެރެޓް ކޯނިއާ މި ބަލި މަފާޒް ގެ ދެލޮލަށް ވަނީ އަަސަރުކޮށްފަ ކަމަށެވެ. އަދިބަލީގެ ހާލަތު ވަރަށް ބޮޑަށްވެސް ސީރިއަސް ކަމަށާއި އުމުރުން 18 އަހަރު ވަންދެން ރެގިއުލާރ ކޮށް ޗެކަޕް ހަދަން މަޖުބޫރުވާ ކަމަށެވެ. މިހާރު މަފާޒުގެ އުމުރުން 16 އަހަރެވެ.
އުމުރުން އެއްއަހަރުން ފެށިގެން މަފާޒަށް ފަރުވާދެމުން އަންނައިރު މިހާރު އެތައްބައެއްގެ އެހީތެރިކަމާއިއެކު މަފާޒު ފަރުވާ ހޯދަނީ ބެންކޮކްއިންނެވެ. މަފާޒުގެ ބަލީގެ އަސްލު ފަރުވާ ލިބެން އޮތީވެސް ބެންކޮކްއިންނެވެ. މާލޭގައި، އާންމު ދިރިއުޅުމެއްގައި އުޅެމުންދާ މަފާޒުގެ އާއިލާ އަށް ވަނީ ވަރަށްބޮޑު ކަންބޮޑުވުމަކަށްވެފައެވެ. ނަމަވެސް އާންމުންގެ އެހީތެރިކަމާއި، އެކު މިހާރު ބެންކޮކްއިން ދަނީ ފަރުވާ ނަމަގަމުންނެވެ. މަފާޒުގެ ބައްޕަ އެކަނި ކުރާ މަސައްކަތުން ލިބޭ އާމްދަނީ ފިޔަވާ އިތުރު އެއްވެސް އާމްދަނީ އެއް އެ އާއިލާއަކަށް ނުލިބެއެވެ. މާޔޫސް ކަމާއި ކަންބޮޑުވެފައި ހުރި މަފާޒްގެ މައިންބަފައިން އެދެނީ ހުރިހާ އެންމެންގެ ފަރާތުން ބެންކޮކަށް އަނެއްކާވެސް ދެވޭނެ ފަދަ ދީލަތި އެހީތެރިކަމަށެވެ.
މަފާޒްގެ އޮޕަރޭޝަން އޮތީ އެންމެފަހުގެ މަރުހަލާ ކަމަށް ޑޮކްޓަރުން ބުނެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ދާތަނުން ހާލަތު ބަދަލުވާ ކަމަށާއި، އިތުރު ފަރުވާ ނަމަގަން ޑޮކްޓަރުންދަނީ ލަފާދެމުންނެވެ. 15،000 ޑޮލަރު އޮޕަރޭޝަނަށް ހޭދަވާނެ ކަމަށް މީގެ ކުރިންވެސް ޑޮކްޓަރުން ވަނީ ލަފާދީފަވެއެވެ. ޙާއްސަކޮށް ބެންކޮކްފަދަ ދުރު ގައުމަކަށް ދިއުމާއި ހުރުމަށް ބޮޑު ޙަރަދެއް ހޭދަވާނެ ކަމަށް ކުރިންވެސް ވަނި ބުނެފައެވެ. އެހެންކަމުން މިކަމަށް އާންމުންގެ އެހީ ނުލިބި އެހާ ހިސާބަށް ނުދެވޭނެތީ ބޭނުންވަނީ އަވަސް ފަރުވާ ލިބޭނެ ގޮތެއް ކަމަށްވާތީ ވަރަށް ބޮޑަށް އަނެއްކާވެސް އެހީއަށްވަނީ ބޭނުން ވެފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު