އީރާނުގެ ހަމަލާއެއްގައި އިސްރާއީލުގެ ދިފާއީ ބާރުގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް އެލާ ވަވިޔާ  މަރާލައިފި!
ދުނިޔެ

އީރާނުގެ ހަމަލާއެއްގައި އިސްރާއީލުގެ ދިފާއީ ބާރުގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް އެލާ ވަވިޔާ މަރާލައިފި!

ރރާޅު މީޑިއާ
March 13, 2026

އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) ގެ މުހިއްމު އަދި މަޝްހޫރު ތަރުޖަމާނު ލެފްޓިނެންޓް ކާނަލް އެލާ ވަވިޔާ، އީރާނުން ދިން ހަމަލާއެއްގައި އަވަހާރަވެފައިވާ ކަމަށް އިސްރާއީލުގެ ރަސްމީ ފަރާތްތަކުން ކަށަވަރުކޮށްދީފި އެވެ. މި ހާދިސާ ހިނގާފައިވަނީ މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ވަވިޔާގެ މަރަކީ އިސްރާއީލުގެ ދިފާއީ ބާރަށް ލިބުނު ބޮޑު ހީނަރުކަމެއް ކަމަށް ސިޔާސީ މާހިރުން ދެކެއެވެ.

އައިޑީއެފް އިން ހާމަކުރި ގޮތުގައި، ލެފްޓިނެންޓް ކާނަލް ވަވިޔާ މަރާލާފައިވަނީ އިސްރާއީލުގެ އުތުރު ސަރަހައްދުގައި ހުންނަ ސިފައިންގެ ބޭސްއަކަށް އީރާނުން ދިން މިސައިލް ހަމަލާއެއްގައެވެ. މި ހަމަލާގައި އެހެން ބައެއް ސިފައިންނަށް ވެސް އަނިޔާވެފައިވާ ކަމަށް ވެއެވެ. ނަމަވެސް، ހަމަލާ ދިން ވަގުތާއި ތަފްސީލުތައް ސާފުކުރުމަށް އައިޑީއެފް އިން ވަނީ ދެކޮޅު ހަދާފައެވެ. އީރާނުގެ ރަސްމީ މީޑިއާއިން މިހާތަނަށް މި ހަމަލާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަލާއަކީ އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެކެވެ.

ލެފްޓިނެންޓް ކާނަލް އެލާ ވަވިޔާ އަކީ އައިޑީއެފްގެ ތަރުޖަމާނެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މީހެކެވެ. ޚާއްސަކޮށް ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، އެކަމާ ބެހޭ މައުލޫމާތުތައް ދުނިޔޭގެ މީޑިއާތަކަށް ފޯރުކޮށްދިނުމުގައި ވަރަށް މުހިއްމު ދައުރެއް ވަވިޔާ އަދާކުރިއެވެ. ވަވިޔާ މަރުވުމަކީ އައިޑީއެފްގެ ކޮމިއުނިކޭޝަން ޓީމަށް ލިބުނު ބަދަލެއް ނެތް ގެއްލުމެއް ކަމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިއީ މުސްލިމުންގެ ހިތްތަކަށް އުފާވެރި ޚަބަރެއްކަމަށް އުންމީދުކުރަން

ޚިޔާލުފާޅުކުރުން

ކޮމެންޓު