އިސްރާއީލުން މެދުއިރުމަތި އެއްކޮށް ހިފިއްޔާ ރަނގަޅީ- އެމެރިކާގެ ސަފީރު
ދުނިޔެ

އިސްރާއީލުން މެދުއިރުމަތި އެއްކޮށް ހިފިއްޔާ ރަނގަޅީ- އެމެރިކާގެ ސަފީރު

ރރާޅު މީޑިއާ
February 22, 2026

އިސްރާއީލުން މެދުއިރުމަތި އެއްކޮށް ހިފަންވީ ކަމަށާއި ނީލަ ކޯރުން ފެށިގެން ޔޫފްރެޓިސް ކޯރުތަކާއި ހަމައަށް އޮންނަ ބިން ހިފުމުގައި އިސްރާއީލަށް ހައްގު ލިބިފައިވާ ކަން ގަބޫލްކުރާ ކަމަށް ހުކުރު ދުވަހު ނެރުނު ޕޮޑްކާސްޓެއްގައި އިސްރާއީލުގައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހަކަބީ ބުނެފިއެވެ.

ހަކަބީ ބުންޏެވެ. "އެމީހުން (އިސްރާއީލުން) އެ ހުރިހާ ކަމެއް ނަގާނަމަ ރަނގަޅުވާނެ"

ތުރުކީ އާއި ސީރިއާ އާއި ޣިރާޤް ވެސް ވަނީ ޔޫފްރެޓިސް ކޯރުތަކާއި ހަމަހަށް ގުޅިފައެވެ.

ޔޫފްރެޓިސް ކޯރުތަކާއި ހަމަހަށް ގުޅިފައިވާ މެދުއިރުމަތީގެ ޤައުމުތައް ދައްކައިދޭ ޗާޓެއް.

އެމެރިކާގެ ނޫސްވެރިޔާ ޓަކަރ ކާލްސަން އަށް ދިން އިންޓަވިއުއެއްގައި ހަކަބީ ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ޢުދުވާންތައް ވެސް ދިފާއުކޮށް، އެ ސަރަހައްދުގެ ކޮންޓްރޯލް އިސްރާއީލަށް ދޭން ޖެހޭ ކަމަށް ޔަހޫދީން ބުނާ ބުނުމަށް ވެސް ތާޢީދު ކޮށްފައެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާގެ ސަފީރަކަށް އައްޔަން ކުރި ހަކާބީ އައްޔަންކުރީ މިދިޔަ އަހަރު އެޕްރީލް މަހުގައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު