
ރަޝިޔާގެ އިސްވެރިންނަށް ހަމަލާ ދީ މަރާލާނެ ކަމަށް ބުނެ އިޒްރާއީލްގެ އިންޒާރެއް
އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ރަޝިޔާއިން އިޒްރޭލާ ދެކޮޅު އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، ރަޝިޔާގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާދީ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު އިޒްރޭލު ސިފައިންގެ ތަރުޖަމާނަކު ދީފި އެވެ.
ރަޝިޔާގެ އާރު.ބީ.ސީ ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައި އިޒްރޭލު ޑިފެންސް ފޯސް (އައި.ޑީ.އެފް) ގެ ތަރުޖަމާނު އޭނާ އުކޮލޯވާ ބުނީ، ހަނގުރާމައިގެ މައްސަލައިގައި ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން އިޒްރޭލާ ދެކޮޅު ސިޔާސަތެއް ގެންގުޅޭނަމަ އެ ފަރާތްތަކަށް މަރުގެ ހަމަލާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
އުކޮލޯވާ އިތުރަށް ބުނެފައިވަނީ، ރަޝިޔާގައި ހަރުކޮށްފައިވާ ހުރިހާ ވެބް ކެމެރާތަކެއްގެ ކޮންޓްރޯލް އިޒްރޭލުގެ އަތްދަށުގައިވާ ކަމަށެވެ. އަދި މި ޓެކްނޮލޮޖީގެ އެހީގައި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ހިމެނޭ ގޮތަށް، އިސްރާއީލުން ބޭނުންވާ ކޮންމެ މީހަކަށް ފަސޭހަކަމާއެކު ހަމަލާދިނުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް އޭނާ ވަނީ ދައުވާކޮށްފަ އެވެ



