ހަނގުރާމައިގެ ތާރީޚުގައި އިސްރާއީލަށް ކުރިމަތިވި އެންމެ ނާމާން ރޭ: 200 އަށްވުރެ ގިނަ ގެއަށް ގެއްލުން
ދުނިޔެ

ހަނގުރާމައިގެ ތާރީޚުގައި އިސްރާއީލަށް ކުރިމަތިވި އެންމެ ނާމާން ރޭ: 200 އަށްވުރެ ގިނަ ގެއަށް ގެއްލުން

ރރާޅު މީޑިއާ
March 6, 2026

ފާއިތުވެދިޔަ ރެއަކީ އިސްރާއީލުގެ ހަނގުރާމައިގެ ތާރީޚުގައި ދުވަހަކުވެސް ކުރިމަތިނުވާފަދަ ނާމާން އަދި ހިތާމަވެރި ރެއެއް ކަމަށް އިސްރާއީލުގެ ރަސްމީ ފަރާތްތަކުން ބުނެފިއެވެ. އީރާނާއި އަދި ހަނގުރާމަވެރި ޖަމާއަތްތަކުން އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 200 އެއްހާ ގެ ފުނޑުފުނޑުވެ އެއްކޮށް ބޭނުން ނުކުރެވޭވަރު ވެފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އާންމު ރައްޔިތުންނަށް ވެފައިވާ ގެއްލުން ބޮޑުކަމުން، މުޅި ސަރަހައްދުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދިއްޖެއެވެ. މި ހަމަލާތަކުގެ ބޮޑުކަމާއި، ލިބުނު ގެއްލުންތަކުގެ ސަބަބުން، އިސްރާއީލު މިވަގުތު އޮތީ ހާސްކަމާއި ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

މި ހަމަލާތައް ފެށިފައިވަނީ އެމެރިކާ އަދި އިޒްރޭލުން އީރާނަށް އިސްވެ ދެމުންދާ ހަމަލަތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނި ގޮތުގައި، އެތައް ސަތޭކަ ރޮކެޓް އެއްފަހަރާ އަމާޒުކޮށްފައިވަނީ އިސްރާއީލުގެ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. މި ހަމަލާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގައުމީ މީޑިއާތަކުން ދައްކާފައިވާ މަންޒަރުތަކުން ފެންނަނީ، ގެތައް ހަލާކުވެ، ރޯވެ އަނދަމުންދާ މަންޒަރެވެ. ބައެއް ގެތައް މުޅިން ހަލާކުވެ، ދިރިއުޅެން ނުކެރޭ ވަރަށް ވަނީ ފުނޑުފުނޑުވެފައެވެ.

އިސްރާއީލުގެ އެތެރޭގެ ސަލާމަތީ އިދާރާތަކުން ބުނެފައިވާ ގޮތުގައި، މި ރޮކެޓް ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކަށް އެކިވަރުގެ އަނިޔާ ވެފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް އަމިއްލަ ގެއިން ބޭރުވެ، ރައްކާތެރި ހިސާބުތަކަށް ދެވޭނެ ގޮތެއް ނުވެފައިވެއެވެ. އަދި ބައެއް ސިޓީތަކުގެ ހޮސްޕިޓަލުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިކަމުގެ ސަބަބުން، ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އިސްރާއީލުގެ ސިއްހީ އޮފިޝަލުން ބުނެއެވެ. ގެތަކަށް ލިބުނު ގެއްލުމުގެ އިތުރުން، އުމްރާނީ ތަރައްޤީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. މަގުތަކާއި، ކަރަންޓުގެ ނިޒާމަށާއި، ފެނުގެ ނިޒާމަށް ވެސް ހަމަލާތަކުގެ އަސަރު ކޮށްފައިވެއެވެ. މީގެ ސަބަބުން ހާލުގައި ޖެހުނު ރައްޔިތުންނަށް ދިރިއުޅުމުގެ އަސާސީ ޚިދުމަތްތައް ހުއްޓިފައިވެއެވެ.

މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބުނެއެވެ. އ.ދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ވަނީ ދެފަރާތުން ވެސް ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތަށް އިސްކަންދިނުމަށާއި، އިންސާނީ ހައްޤުތަކަށް އިޙްތިރާމް ކުރުމަށް ވެސް އެފަރާތްތަކުން ވަނީ ބާރު އަޅާފައެވެ. އިސްރާއީލާއި އީރާނުގެ މެދުގައި ދިގުދެމިފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މަސައްކަތްތައް އަވަސް ކުރުމުގެ މުހިންމުކަން ވެސް އެފަރާތްތަކުން ފާހަގަކުރެއެވެ. މިފަދަ ހަމަލާތަކުގެ ތާރީޚަށް ބަލާއިރު، މިއީ ހަމަޖެހުމެއްނެތި ކުރިއަށްދާ މައްސަލައެއްކަން ފާހަގަކުރެވެއެވެ.

ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމައުންވެސް އަބަދުވެސް ބޭނުންވަނީ އެމެރިކާއާއި އިޒްރޭލްއިން ބޭނުންވާގޮތަށް މައްސަލަތައް ނިންމުން ކަމަށްވާތީ މި މައްސަލަތަކަށް ހައްލު ނުލިބެނީކަމަށް މާހިރުންވެސް ގަބޫލު ކުރައްވައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު