ސައުވީސް ގަޑިއިރުތެރޭ ޓެލް އަވިވްގެ ބައެއް ތަންތަން ހުސްކުރަން އީރާނުން އިންޒާރު ދިނުމުން އިޒުރޭލު މީހުން ގެދޮރުން ނުކުމެ ފިލަން ފަށައިފި
ދުނިޔެ

ސައުވީސް ގަޑިއިރުތެރޭ ޓެލް އަވިވްގެ ބައެއް ތަންތަން ހުސްކުރަން އީރާނުން އިންޒާރު ދިނުމުން އިޒުރޭލު މީހުން ގެދޮރުން ނުކުމެ ފިލަން ފަށައިފި

ރރާޅު މީޑިއާ
March 16, 2026

ސައުވީސް ގަޑިއިރުތެރޭ ޓެލް އަވިވްގެ ބައެއް ތަންތަން ހުސްކުރަން އީރާނުން އިންޒާރު ދިނުމުން އިޒުރޭލު މީހުން ގެދޮރުން ނުކުމެ ފިލަން ފަށައިފި

މީހުން ހުސްކުރުމަށް އީރާނުން އިންޒާރު ދީފައިވާ ސަރަޙައްދު ތަކުގެ ތެރޭގައި ޓެލް އަވީވް ކައިރީގައި އޮންނަ އިރުމަތީ ސަބަރބް އާއި، ޓެލް އަވީވް އާއި ޖެހިގެން އޮންނަ ރަތުމް ގަން އާއި، ޓެލް އަވީވްގެ މެދުތެރޭގެ ސަރަޙައްދެއް ކަމަށްވާ ނެވޭ ޓްޒެޑެކް އަދި މީޑިއާ އޮފީސްތަކާއި ސަރުކާރުގެ އިމާރާތްތައް ހުންނަ ސަރަހައްދުތަކާއި ޓެލް އަވިވްގެ އުތުރުގެ ސަރަޙައްދުތައް ހިމެނޭ

ޓެލް އަވިވް ގެ ބައެއް ތަންތަން ހުސްކުރަން އިންޒާރު ދިނީ އިއްޔެގެ ވަަގުތެއްގަ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން. މި އިންޒާރާއި އެކު އީރާނުން ބުނެފައި ވަނީ މިފަހަރުގެ ހަމަލަތަކަށްފަހު އެތަނަކީ މީހުން ދިރިއުޅެން ހެޔޮނުވާނެ ވަރުގެ ތަނަކަށް ހަދާނެ ކަމަށް.

އެމެރިކާ އިން އިޒުރޭލަށް މިއަދު ގިނަ ޢަދަދެއްގެ ދިގާއީ ނިޒާމު 'ޕެޓްރިއޮޓް' ސިސްޓަމް ތައް އެއްގަމު މަގުން ފޯރުކޮށްދޭނެ ކަމަށް ބެލެވޭ.  މިހާރު ޔޫރަޕުގައި ހުރި އެމެރިކާގެ ދިފާޢީ ސާމާނުތައް އިޒުރޭލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓުތައް ބުނޭ. ނަމަވެސް އީރާނުންދޭ ހަމަލަތައް ހުއްޓުވުމުގެ އެއްވެސް އުންމީދެއް މިހާރު މިނިޒާމުތަކުގައި ނުވާކަމަށްވެސް ރިޕޯޓުތައް ބުނޭ. އަދި މިހާލަތުގައި އިޒްރޭލްގެ ދިފާއުގައި އެމެރިކާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް މުރާސިލުންނާއި ރިޕޯޓްތަކުން ހާމަވޭ

ޚިޔާލުފާޅުކުރުން

ކޮމެންޓު