
އީރާނަށް އެއްގަމުން އަރަން އެމެރިކާއާއެކު ބައިވެރިވާން އިޒްރޭލުން ޖެހިލުންވެ ބައިވެރި ނުވުމަށް ނިންމައިފި
އީރާނާ ދެކޮޅަށް އެއްގަމުން އަސްކަރީ ހަމަލާއެއް ދިނުމަށް އެމެރިކާއިން މަޝްވަރާ ކުރަމުންދާ ކަމަށް ޚަބަރުތައް ބުނާ އިރު، މިފަދަ ހަރަކާތެއްގައި އެމެރިކާއާ ނުގުޅުމަށް އިޒުރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ނިންމާފައިވާކަން ހާމަވެއްޖެއެވެ. އިޒުރޭލުގެ މި ނިންމުމަކީ އީރާނުގެ ފަރާތުން ދެމުންދާ ހަރުކަށި އިންޒާރުތަކަށް ޖެހިލުންވެ ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.
އީރާނުން ދާދި ފަހުން ނެރުނު ބަޔާނެއްގައި، އެ ޤައުމުގެ ސަރަޙައްދަށް އެއްގަމުން އަރައިގަންނަން މަސައްކަތްކުރާ ކޮންމެ ފަރާތެއްގެ ގުނަވަންތައް ބުރިކޮށްލާނެ ކަމަށް ވަރަށް ހަރުކަށި ބަހުރުވައިން އިންޒާރު ދީފައިވެއެވެ. މި އިންޒާރުގައި ވަކި ޚާއްސަ ބައެއްގެ ނަންގަނެފަ ނެތް ނަމަވެސް، މީގެ އަސްކަރީ މާނައަކީ، އީރާނުގެ ސަރަޙައްދީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރަން އުޅޭ ކޮންމެ ބަޔަކަށްވެސް ދިމާވާނެ ނުރައްކާތެރި ހާލަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ކަމެވެ. މި އިންޒާރުން ދައްކުވައިދެނީ އީރާނުގެ ދިފާއީ ގާބިލުކަމާއި، އެ ޤައުމުގެ ސަރަޙައްދު ދިފާއުކުރުމަށްޓަކައި އެއްވެސް ފަސްނުޖެހި އަމަލުކުރާނެ ކަމެވެ. އީރާނުގެ މި ބަޔާނަކީ މި ސަރަޙައްދުގައި ހަމަނުޖެހުންތައް އިތުރުކުރަން މަސައްކަތްކުރާ ބާރުތަކަށް ދީފައިވާ ސީދާ މެސެޖެކެވެ.
އިޒުރޭލުގެ ދިފާއީ ބާރުން އެމެރިކާއާ އެކު އީރާނަށް އެއްގަމުން އަސްކަރީ ހަމަލާއެއް ދިނުމުގައި ބައިވެރިނުވާން ނިންމި ސަބަބުތަކުގެ ތެރޭގައި އެތައް ކަމެއް ހިމެނެއެވެ. އީރާނުގެ އަސްކަރީ ގާބިލުކަމާއި، ހާއްސަކޮށް އެ ޤައުމުގެ ގޮރިއްލާ ފޯސްތަކުގެ ހިތްވަރާއި ހަނގުރާމަވެރިކަމަކީ އިޒުރޭލަށް ވަރަށް ރަނގަޅަށް އެނގޭ ކަމެކެވެ. އީރާނުގެ ގޮރިއްލާ ފޯސްތަކަކީ ތަމްރީނު ލިބިފައިވާ، ސަރަޙައްދީ ހަނގުރާމަތަކަށް ތައްޔާރުވެފައިވާ ބަޔެކެވެ. މީގެ އިތުރުން، އީރާނުގެ ސަރަޙައްދަށް އެއްގަމުން އަރައިގަތުމަކީ ވަރަށް ނުރައްކާތެރި އަދި ދިގުދެމިގެންދާނެ ހަނގުރާމައަކަށް ވެދާނެކަމުގެ ބިރުވެރިކަން އިޒުރޭލަށް އެބަ އޮތެވެ. މީގެ ސަބަބުން އިޒުރޭލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
އިޒުރޭލުގެ އިސްވެރިންނަށް އެނގޭ ގޮތުގައި، އީރާނަކީ ސީދާ ހަނގުރާމައަކަށް ނުކުތުމަށް ބިރުގަންނާނެ ޤައުމެއް ނޫނެވެ. ޚާއްޞަކޮށް އެމީހުންގެ ޤައުމީ ސަލާމަތާއި ސަރަޙައްދީ މިނިވަންކަމަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، އީރާނުގެ ރައްދު ވަރަށް ބޮޑުވެދާނެއެވެ. މިކަމުގެ ސަބަބުން މުޅި މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވެ، އިޒުރޭލަށް އިތުރު ބުރަތަކެއް ކުރިމަތިވެދާނެއެވެ. އެހެންކަމުން، މިފަދަ ހަނގުރާމައެއްގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަލާއިރު، އެމެރިކާއާ ގުޅިގެން މި ހަރަކާތުގައި ބައިވެރިނުވުމަކީ އިޒުރޭލަށް ފައިދާކުރާނެ ނިންމުމެއް ކަމަށް ވެދާނެއެވެ.
އިޒުރޭލުގެ މި ނިންމުމުގެ ސަބަބުން މެދުއިރުމަތީގެ ސިޔާސީ މައިދާނަށް ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ. މީގެ ސަބަބުން އެމެރިކާގެ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހިދާނެއެވެ. އަދި، މި ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށްވެސް އޭގެ އަސަރު ކުރާނެއެވެ. އިޒުރޭލަކީ އެމެރިކާގެ އެންމެ ގާތް އެއް ރަޙްމަތްތެރިޔާ ކަމަށްވާއިރު، މިފަދަ ނިންމުމެއް ނެރުމަކީ އެމެރިކާގެ ރިޖޯނަލް ޕްލޭންތަކަށް އެހާމެ ފަސޭހަ ކަމަކަށް ނުވާނެއެވެ.
މީގެ އިތުރުން، މި ނިންމުމުގެ ސަބަބުން އީރާނަށް އިތުރު ހިތްވަރެއް ލިބި، އެ ޤައުމުގެ ދިފާއީ ސިޔާސަތުތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ.



