
އިރާނުގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ޙަމަލާދީފި: ކަޅު ދުމާއި ގޮވުންތަކުގެ އަޑު އިވެނީ
އިރާނުގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ޙަމަލާދީފި: ކަޅު ދުމާއި ގޮވުންތަކުގެ އަޑު އިވެނީ
އިރާނުގެ އެކި ސަރަހައްދުތަކަށް، ޚާއްސަކޮށް އިސްފަހާން ޕްރޮވިންސަށާއި އެހެނިހެން ސަރަހައްދުތަކަށް އިސްރާއީލުން މިއަދު ގިނަ ޙަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ޙަމަލާތަކުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ކަޅު ދުމާއެކު ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް އެ ސަރަހައްދުތަކުގައި ތިބި ނޫސްވެރިންނާއި ހެކިވެރިން ހާމަކުރެއެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، އިތުރު ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބުނެއެވެ.
އިރާނުގެ ދިފާއީ ބާރުތަކުން ރިޕޯޓުކުރާ ގޮތުގައި އިސްފަހާން ޕްރޮވިންސުގެ މަތިން އުދުހެމުންދިޔަ ބައެއް ޑްރޯންތައް އަދި ބައެއް މިސައިލްތައް ވައްޓާލާފައިވެއެވެ. އިސްފަހާނަކީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅުންހުރި މުހިއްމު ތަންތަން ހުންނަ ސަރަހައްދެކެވެ. އިސްފަހާނުގެ އެއާޕޯޓާއި ޝިކާރީ ސިޓީގެ އިރުމަތީގައި ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އިރާނުގެ ސަރުކާރާ ގުޅުންހުރި ފާރސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، މި ޙަމަލާތަކުގެ ސަބަބުން އެއްވެސް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އިރާނުގެ ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން، އިރާނުގެ އިރުމަތީގައި އޮންނަ ތަބްރީޒް ސިޓީގެ މަތީގައި ވެސް ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިރާނުގެ ދިފާއީ ނިޒާމުން ޙަމަލާދިން ވަގުތު ތަބްރީޒްގެ ހުޅަނގު އުތުރުގައި ވެސް އުދުހެމުންދިޔަ ޑްރޯންއަދި ބައެއް މިސައިލްވެސް ވައްޓާލާފައިވާ ކަމަށް އިރާނުގެ މީޑިއާއިން ބުނެއެވެ. މި ޙަމަލާތަކަށްފަހު ބައެއް ސަރަހައްދުތަކުން ކަޅު ދުން އަރަމުންދާ މަންޒަރު ފެނިފައިވާ ކަމަށް ފޮޓޯތަކާއި ވީޑިއޯތަކުން ދައްކައެވެ.



