އިޒުރޭލާއި އެމެރިކާއަށް ހަނގުރާމައިގެ ދަތިކަން ކުރިމަތިވެ 48 ގަޑިއިރަށް ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ގޮވާލައިފި
ދުނިޔެ

އިޒުރޭލާއި އެމެރިކާއަށް ހަނގުރާމައިގެ ދަތިކަން ކުރިމަތިވެ 48 ގަޑިއިރަށް ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ގޮވާލައިފި

ރރާޅު މީޑިއާ
April 4, 2026

މިހާރު ހިނގަމުންދާ ހަނގުރާމައިގައި އިޒުރޭލާއި އެމެރިކާއަށް ހަތިޔާރު ސަޕްލައިގެ ދަތިކަން ކުރިމަތިވެ، ބޮޑެތު ގެއްލުންތަކެއް ލިބެމުންދާ މި ނާޒުކު ދަނޑިވަޅެއްގައި، 48 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ފަރާތުން ހުށަހަޅާފައިވާކަން އެނގިއްޖެއެވެ. މި ހުށަހެޅުން އައިސްފައިވަނީ ދެ ޕައިލެޓުން ގެއްލިފައިވާ ފައިޓަރޖެޓް ތަކެއް ވެއްޓި، ހަނގުރާމައިގެ މައިދާނުގައި އިތުރު ހީނަރުކަން ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގައެވެ. މި ހުށަހެޅުމަކީ ހަނގުރާމަ ހުއްޓާލައި، މިހާރުގެ ހާލަތު އަލުން ދިރާސާކުރުމަށް އެމެރިކާ ބޭނުންވާކަމުގެ ސިގްނަލެއްކަމަށް ސިޔާސީ މާހިރުން ދެކެއެވެ.

މި ހަނގުރާމައިގައި އިޒުރޭލަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމުގައި އެމެރިކާއަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާގެ ބައެއް މަސްދަރުތަކުން މައުލޫމާތު ދެއެވެ. އުފެއްދުންތަކާއި ސަޕްލައިގެ ކޮންމެ މަރުހަލާއެއްގައިވެސް ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން އިޒުރޭލުގެ އަސްކަރީ ހަރަކާތްތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށްވެސް ވެއެވެ. މީގެ އިތުރުން، ހަނގުރާމައިގެ ސަރަހައްދުގައި ދެ ޕައިލެޓުން ގެއްލިފައިވާ ފައިޓަރޖެޓް ތަކެއް ވެއްޓިފައިވާކަމުގެ ރިޕޯޓްތަކަކީ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެފައިވާކަން ހާމަކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން އިޒުރޭލާއި އެމެރިކާގެ އަސްކަރީ ގާބިލިއްޔަތަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ބެލެވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު