މެކްރޮންގެ ފޯންކޯލަށް އީރާނުގެ  ސުޕްރީމް ލީޑަރުގެ ވަރުގަދަ ރައްދެއް:  ކޮންމެ  އަގެއް ދިނަސް އީރާނުގެ އިންޗިއެއްވެސް ގަނެ ނުލެވޭނެ
ދުނިޔެ

މެކްރޮންގެ ފޯންކޯލަށް އީރާނުގެ ސުޕްރީމް ލީޑަރުގެ ވަރުގަދަ ރައްދެއް: ކޮންމެ އަގެއް ދިނަސް އީރާނުގެ އިންޗިއެއްވެސް ގަނެ ނުލެވޭނެ

ރރާޅު މީޑިއާ
March 17, 2026

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އިރާނުގެ އާ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީއާ އިއްޔެ ކުރެއްވި ފޯނު ކޯލު. މި ކޯލުގައި މެކްރޮން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާ، އިރާނަށް ބޭނުންވާ ކަންތައްތައް ހޯދައިދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މަގުފަހިކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ނަމަވެސް، ޚާމަނާއީގެ ފަރާތްޕުޅުން ވަނީ ދެކޮޅު ހެދުމުގެ ފިނިޖަވާބެއް ލިބިވަޑައިގެންފައެވެ.

ފޯނު ކޯލުގެ ފެށުމުގައި ރައީސް މެކްރޮން ވަނީ ސީދާ ބަހުރުވައަކުން ހަނގުރާމަ ހުއްޓާލުމަށާއި، އެކަމުގެ ބަދަލުގައި އިރާނަށް ބޭނުންވާ ހުރިހާ ކަމެއް ފަހިކޮށްދެވިދާނެކަމަށް ވިދާޅުވެފައެވެ. "ހަނގުރާމަ ހުއްޓާލާ، ބޭނުން އެއްޗެއް ލިބިދާނެ،" މެކްރޮން ވިދާޅުވިއެވެ. އޭނާ އިތުރަށް ބަޔާންކުރެއްވީ މިވަގުތު އިރާނުން ދެމުންދާ އަދަބުތަކުގެ ސަބަބުން ނުކުންނަ ނޭދެވޭ އަސަރުތައް ކުރަނީ ދުނިޔެއަށްކަމަށާއި، އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެކަނި ކުރާ އަސަރުތަކެއް ނޫންކަމަށެވެ.

މެކްރޮންގެ އިންޒާރަކީ، ހާލަތު މިހެން ކުރިއަށްދާނަމަ ދުނިޔެއަށް ކުރިން ނުފެންނަ ބަނޑުހައިހޫނުކަމާއި އިޤްތިސާދީ ފުނޑުފުނޑުތަކާ ކުރިމަތިލާން ޖެހިދާނެކަމެވެ. މިއީ އިރާނުގެ އަމަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ކޮށްފާނެ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ބަހެކެވެ.

މެކްރޮންގެ ވާހަކަފުޅު މެދުކަނޑާލައްވަމުން ސުޕްރީމް ލީޑަރު ޚާމަނާއީ ވަނީ ތޫނު ސުވާލެއް ކުރައްވާފައެވެ. "45 އަހަރު ވަންދެން އީރާނުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި ތިއްބެވީ ކޮންތާކު؟"

ޚާމަނާއީގެ މި ސުވާލުން ދޭހަވަނީ، އިރާނުގެ މައްޗަށް ދެމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތަށް އެރައްޔިތުންވެސް ކެތް ކުރެއްވި ކަމެވެ. މިއީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިރާނުން ކުރަމުންދާ އިންކާރު ކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ދެކެއެވެ.

މެކްރޮން ވަނީ ޚާމަނާއީގެ ސުވާލަށް ޖަވާބު ދެއްވައި، އިރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެމެރިކާގެ ސިޔާސަތެއްކަމަށް ވިދާޅުވެފައެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ކުރިންވެސް އެކަމާ ދެކޮޅު ހަދާފައިވާކަން ފާހަގަކުރެއްވިއެވެ. "އެއީ އެމެރިކާގެ ސިޔާސަތެއް، އަދި އަޅުގަނޑުމެން ކުރިން ވެސް ބުނިހެން އެކަމާ ދެކޮޅު ހަދައިފިން،" މެކްރޮން ވިދާޅުވިއެވެ. އޭނާ ދެން ހުށަހެޅުއްވީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއެކު ބައްދަލުވުމެއް ބާއްވާ، އިރާނަށް ބޭނުންފުޅުވާ ކަމެއް ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވުމެވެ. މިއީ ދެފަރާތުގެ މެދުގައި ދެކޮޅުވެރިކަން ކުޑަކޮށް، ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އީޔޫއިން ކުރި މަސައްކަތެކެވެ.

ނަމަވެސް ޚާމަނާއީ ވަނީ އީޔޫގެ ފަރާތުން ފޯރުކޮށްދިނުމަށް ހުށަހެޅުނު އެއްވެސް ކަމަކަށް ޝައުޤުވެރިކަމެއް ނެތްކަމަށް ވިދާޅުވެފައެވެ

. އޭނާގެ ހަމައެކަނި އަމާޒަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަދަބު ދިނުންކަމަށް ވިދާޅުވިއެވެ. "ޓްރަމްޕާއި ނަތަންޔާހޫއަށް އަދަބު ދިނުން ފިޔަވައި އަޅުގަނޑުމެން ބޭނުމެއް ނޫން،" ޚާމަނާއީ ވިދާޅުވިއެވެ.

ކޯލުގެ އެންމެ ފަހުބައިގައި މެކްރޮން ވަނީ ފްރާންސްގެ ބޯޓުފަހަރު އިރާނުގެ ސަރަހައްދީ ކަނޑުތަކުން ހުރަސްކުރުމަށް ފުރުސަތުދެއްވުމަށް އެދިވަޑައިގެންފައެވެ. މިއީ ބައިނަލްއަޤްވާމީ ކަނޑުގެ ދަތުރުފަތުރާއި ވިޔަފާރިއަށް އިރާނުގެ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމެކެވެ. ނަމަވެސް ޚާމަނާއީ ވަނީ މިކަމަށްވެސް ހަރުކަށި ޝަރުޠެއް ކުރިމަތިކުރައްވާފައެވެ. "އެމެރިކާ އާއި އިސްރާއީލުގެ ސަފީރުން ބޭރުކޮށްލާ، އެއަށްފަހު ހުރަސްކުރެވޭނެ،" ޚާމަނާއީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ދެ ފަރާތަށް ތާއީދު ކުރަން މަސައްކަތް ކުރާ މީހުންނާ މަޝްވަރާއެއް ނުކުރާނެކަމަށެވެ. އެއަށްފަހު އީރާނުގެ ސުޕްރީމް ލީޑަރ ފޯން ކަނޑާލެއްވިއެވެ. މިކަމުންވެސް ދޭހަވަނީ އީރާނުގެ ސިޔާސަތު ތަކުގެ ހަރުދަނާ ކަމާއި އަދި އެއްވެސް އަގަކަށް އެވެރިން ގަނެ ނުލެވޭނެކަން ކަމުގައި މުރާސިލުން ދެކެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު